ޚަބަރު

ބޮމްބާޑިއާގެ އެންމެ އިތުބާރުކުރެވޭ އެއަރލައިނަކަށް މޯލްޑިވިއަން


ޤައުމީ އެއަރލައިން މޯލްޑިވިއަންގެ މަތިންދާބޯޓެއް.

ބޮމްބާޑިއާގެ އެންމެ އިތުބާރުކުރެވޭ އެއަރލައިންގެ އެވޯޑް މޯލްޑިވިއަނަށް ލިބިއްޖެއެވެ.

ބޮމްބާޑިއާ ކޮމަރޝިއަލް އެއަރކްރާފްޓްސްއިން ދޭ މި އެވޯޑު މޯލްޑިވިއަން އިން ލިބުނު މިއީ ހަތްވަނަ ފަހަރެވެ.

ބޮމްބާޑިއާ ކޮމަޝިއަލް އެއަރކްރާފްޓްސްއިންދޭ އެއަރލައިން ރިލައިބިލިޓީ އެވޯޑަކީ، އެ ކުންފުނީގެ ކަސްޓަމަރުންގެ ތެރެއިން އެންމެ އިތުބާރުހިފޭ ފަރާތްތަކަށްދޭ އެވޯޑެކެވެ.

އެއަރލައިން ރިލައިބިލިޓީ އެވޯޑު

ޖުމްލަ ސާދަ އެއަރލައިނަކަށް މިއަހަރުގެ ' އެއަރލައިން ރިލައިބިލިޓީ އެވޯޑު' ދީފައިވާ އިރު، މޯލްޑިވިއަނަށް މި އެވޯޑް ލިބިފައިވަނީ ކިއު ހަންޑުރެޑް އެއަރކުރާފްޓް ޕްރޮގްރާމްގެ ކެޓަގަރީން އޯޝޭނިއާ ޤައުމުތަކާއި ވާދަކޮށެވެ.
ކެނެޑާގެ ބޮމްބާޑިއާ ކުންފުންޏަކީ މަތިންދާ ބޯޓު އުފައްދާ ކުންފުންޏެކެވެ.

މޯލްޑިވިއަނުން ގެންދަނީ ރާއްޖޭގެ 10 އެއަރޕޯޓަކަށާއި، ބައިނަލްއަޤްވާމީ 9 މަންޒިލަކަށް ދަތުރުތައް ކުރަމުންނެވެ. އަދި މީގެއިތުރުން ރާއްޖޭގެ ރިސޯޓްތަކަށް އަމާޒްކޮށްގެން ސީ ޕްލޭންގެ ޙިދުމަތްވެސް މޯލްޑިވިއަނުންދަނީ ދެމުންނެވެ.