އައްޑޫ ސިޓީ މަރަދޫ ބަނދަރު ސަރަޙައްދުގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
މަންޒަރު ދުށް ބައެއް ފަރާތްތަކުން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ބުނީ އެކްސިޑެންޓު ހިނގީ އެއް ސައިކަލު އަނބުރާލި ވަގުތު ފަހަތުން އައި ސައިކަލު އޭގައި ޖެހުމުން ކަމަށެވެ. މި އެކްސިޑެންޓުގައި ދެ މީހަކަށް އަނިޔާވެފައިވާއިރު ދެ މީހުންނަށްވެސް މަރަދޫ ސިއްހީ މަރުކަޒުގައި އަންނަނީ ފަރުވާ ދެމުންނެވެ. ނަމަވެސް ދެ މީހުންނަށް ލިބުނީ ކިހާވަރެއްގެ އަނިޔާއެއް ކަމެއް އަދި ނޭނގެއެވެ.