ސިޔާސީ

އަދާލަތުން އަދިވެސް ތާއީދުކުރަނީ އިއްތިހާދުގެ ކެންޑިޑޭޓަކަށް


ހުސްވެފައިވާ ރައްޔިތުން މަޖްލީހުގެ
ދިއްގަރު ދާއިރާއަށް އެމްޑީޕީން ޓިކެޓް ދޭނެ ފަރާތެއް ކަނޑައެޅުމަށް ބާއްވާ
ޕްރައިމެރީ އަންނަ ހޯމަދުވަހު ބޭއްވުމަށް އެޕާޓީން ނިންމައިފިއެވެ.



އެމްޑީޕީން އާއްމުކުރި އިއުލާނެއްގައި
ބުނެފައިވަނީ ދިއްގަރު ދާއިރާގެ ގޮނޑިޔަށް ކުރިމަތިލުމަށް ބޭނުންވާ އެޕާޓީގެ
މެމްބަރުންނަށް އެ ފުރުސަތު ހުޅުވާލެވިފައިވާކަމަށެވެ. އަދި އެކަމަށް
ހުށައަޅަންޖެހޭ  ފޯރމް އަންނަ އާދިއްތަ
ދުވަހު ހުށައެޅުމަށްވެސް އެމްޑީޕީން ބުނެއެވެ. އެމްޑީޕީން ބުނީ ޕްރައިމެރީ
ބާއްވާނީ ބައި އިލެކްޝަންގައި ވާދަކުރުމަށް އެދޭ ފަރާތްތަކުގެ ތެރެއިން އެކަކަށް
ވުރެ ގިނަ މީހުންގެ ޝަރުތު ހަމަވާނަމަކަމަށެވެ.



ހުސްވެފައިވާ ދިއްގަރު ދާއިރާގެ ބައި
އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އެމްޑީޕީން މި ހުޅުވާލީ އިއްތިހާދުން
ގުޅިގެން އެއްކެންޑިޑޭޓަކު ނެރުމަށް ލީޑަރ ޝިޕްގެ ބައެއް ބޭފުޅުން
ވާހަކަފުޅުދައްކަވައި، އެކަމަށް ބައެއް މެމްބަރުން ފާޑުކިޔާ ޕްރެޝަރ ކުރަމުންދާ
ދަނޑިވަޅެއްގައެވެ. އަދި އިދިކޮޅު ފަރާތަކުން 
އެއް ކެނޑިޑޭޓެއް ނެރޭނެކަމަށާއި އެ މީހަކު މިހަފްތާގެ ތެރޭގައި
އިއުލާންކުރާނެކަމަށް އަދާލަތު ބުނެފައިވަނިކޮށެވެ.



އަނެއްކޮޅުން އަދާލަތުން ބުނީ އެ ޕާޓީގެ ވިސްނުން އަދިވެސްހުރީ
އިދިކޮޅު ފަރާތްތަކުން އެއް ކެނޑިޑޭޓެއް ނެރުމުގެ ވިސްނުމެއް ގެންގުޅެންކަމަށެވެ.
އެހެންނަމަވެސް އެކަމުގައި ވަކިގޮތެއް އަދި ޕާޓީން ނުނިންމާކަމަށްވެސް
އެމްބީސީއާއި ވާހަކަދައްކަވަމުން އަދާލަތު ޕާޓީގެ ތަރުޖަމާން އިޔާދް  ވިދާޅުވިއެވެ. އިއްތިހާދަކުން ކުރިމަތިލުމަށް
އިދިކޮޅު ފަރާތްތަކުގެތެރެއިން އެންމެ ފުރަތަމަ ޝައުގުވެރިވާކަން ފާޅުކުރީ
އަދާލަތު ޕާޓީގެ ތަރުޖަމާން ޝައިޚް އަލީ ޒާހިރުއެވެ.