ވިޔަފާރި

ލަގްޒަރީ ސްޕާ އެންޑް ރެސްޓޯރަންޓު އެވޯޑުގެ ގިނަ ވަނަތަކެއް އަމިއްލަ ފުށި ރިސޯޓަށް


ވަރލްޑް ލަގްޒަރީ ސްޕާ އެންޑް ރެސްޓޯރަންޓު އެވޯޑުގެ ގިނަ ވަނަތަކެއް އަމިއްލަ ފުށި ރިސޯޓު ހޯދައިފިއެވެ.

ރަޝިއާގެ 'ދަ ސްޓޭޓް ހަރމިޓޭޖް މިއުޒިއަމް އޮފިޝަލް ހޮޓެލް' ގައި މިމަހުގެ ކުރީކޮޅު ބޭއްވި ލަގްޒަރީ ސްޕާ އެންޑް ރެސްޓޯރަންޓު އެވޯޑު ދިނުމުގެ ހަފްލާގައި އަމިއްލަ ފުށި ރިސޯޓުންވަނީ ތިން އެވޯޑެއް ކާމިޔާބުކޮށްފައެވެ.

މީގެ ތެރޭގައި ހިމެނެނީ، "އަމިއްލަފުށި" ރިސޯޓަށް އެރިސޯޓުގެ 'ފީލިން ކޮއި' އަށް ބެސްޓް ލަގްޒަރީ ވޯޓަރސައިޑު ރެސްޓޯރަންޓު އެވޯޑާއި، ބެސްޓް ޖަޕަނީސް ކުޒިން އެވޯޑުގެ އިތުރުން ބެސްޓް ލަކްޝަރީ ޖަންގަލް ރިސޯޓު ސްޕާގެ އެވޯޑެވެ.

ވޯލްޑް ލަގްޒަރީ ސްޕާ އެންޑް ރެސްޓޯރެންޓު އެވޯޑަކީ ދުނިޔޭގެ އެންމެ މަތީ ފަންތީގެ ޙިދުމަތްދޭ ރެސްޓޯރެންޓުތަކާއި ސްޕާތަކަށް ދޭ އެވޯޑެކެވެ. އަދި މި އެވޯޑަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި ދޭ ޝަރަފްވެރި އެވޯޑުތަކުގެ ތެރޭގައި ހިމެނޭ އެވޯޑެކެވެ.

އަމިއްލަ ފުށި ރިސޯޓަކީ ބ އަތޮޅުގައި ތަރައްޤީކޮށްފައިވާ ފަސްތަރީގެ ރިސޯޓެކެވެ. މި ރިސޯޓަކީ ގިނަ އަދަދެއްގެ ސެލެބްރިޓީން ޒިޔާރަތްކުރާ ރިސޯޓެކެވެ.