ޚަބަރު

އަދީބަށް އައިޖީއެމްއެޗްގައި ފަރުވާދެނީ


ދޫނިދޫގައި ހައްޔަރުކޮށްފައި ހުންނެވި ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބު ކުއްލި ގޮތަކަށް މާލެ ގެނެސް އައިޖީއެމްއެޗުގައި ފަރުވާ ދޭން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަދީބު މާލެ ގެނެސްފައިވަނީ މިރޭ އިރުއޮއްސުނު ވަގުތެވެ. އަދި އަދީބު މާލެ ގެނެސްފައިވަނީ އޭނާ އޮންނަނެވި ޖަލު ގޮޅިތެރެއަށް ވެއްޓުމާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށްކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް އޭގެ ތަފްސީލެއް އަދި ނުލިބެއެވެ.

އަދީބު ޖަލުގައި ބަންދުކޮށްފައި ހުންނެވީ ޅ.މާބިންހުރާ ކުއްޔަށް ދީގެން ލިބުނު ފައިސާއަށް ޚިޔާނާތްވި މައްސަލައިގައި އޭނާއަށް ކޮށްފައިވާ ޖަލު ހުކުމުގެ މައްސަލަ ނިމެންދެން ބަންދުގައި ބަހައްޓަން ސުޕްރީމް ކޯޓުން އަމުރުކޮށްފައިވާތީއެވެ. އަދި އޭނާ މިފަހަރު ހައްޔަރުކުރި ފަހުން މާލެ ގެނައި މިއީ ފުރަތަމަ ފަހަރެވެ.