ޚަބަރު

މަޝްރޫޢުތައް ކުރިއަށް ގެންދާއިރު ރަނގަޅަށް މޮނިޓަރކުރުމަށް ނައިބްރައީސް އިލްތިމާސްކުރައްވައިފި


ގިނަ މަޝްރޫޢުތައް އެއްފަހަރާ ބާރު ސްޕީޑްގައި ކުރިޔަށްގެންދިޔަޔަސް، މަޝްރޫޢުތަކުގެ ފެންވަރު ވަޒަންކޮށް ރަނގަޅަށް މޮނިޓަރކޮށްގެން ކުރިޔަށްގެންދިއަށް ނައިބްރައީސް އެމްޓީސީސީއަށް އިލްތިމާސްކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީގެ އިސްވެރިންނާ ބައްދަލުކުރައްވައި ވަނީ އެކުންފުނިން ކުރިޔަށްގެންދާ މަޝްރޫޢުތަކާބެހޭ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.

އަދި ގިނަ މަޝްރޫޢުތައް އެއްފަހަރާ ބާރު ސްޕީޑްގައި ކުރިޔަށްގެންދެވި ނަމަވެސް މަޝްރޫޢުތަކުގެ ފެންވަރު ވަޒަންކޮށް ރަނގަޅަށް މޮނިޓަރކޮށްގެން ކުރިޔަށްގެންދިއުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި އެމްޓީސީސީގެ އިސްވެރިން ވަނީ އެކުންފުނިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންގެންދާ މަޝްރޫޢުތަކާބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރައްވާފައެވެ.

އަދި މަޝްރޫޢުތައް ކުރިޔަށް ގެންދާއިރު ފެންވަރު ހިފެހެއްޓުމާއެކު ބާރު ސްޕީޑްގައި މަސައްކަތް ކުރިޔަށް ގެންދިއުމަށް ސަމާލުކަން ދީގެން މަސައްކަތްތައް ކުރިޔަށް ގެންދާނެކަމުގެ ޔަޤީންކަން އެމްޓީސީސީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ދެއްވިއެވެ.