ޚަބަރު

އައިސީޔޫގައި ފަރުވާދެމުން އަންނަ މީހާގެ ހާލު ރަނގަޅު - އައިޖީއެމްއެޗް


އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި ފިހި އައިސީޔޫގައި ފަރުވާދެމުން އަންނަ މީހާގެ ހާލު ރަނގަޅުކަމަށް އޮތް އައިޖީއެމް ހޮސްޕިޓަލުން ބުނެފިއެވެ.

އައިޖީއެމް ހޮސްޕިޓަލުގެ މީޑިއާ އޮފިސަރ ވިދާޅުވީ ޓީޖެޓީ ސަރަހައްދުގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު މީހުންގެ ތެރެއިން އެ ހޮސްޕިޓަލުގައި ފަރުވާދެމުންދާަނީ 7 މީހުންކަމަށެވެ. އޭގެތެރެއިން އައިސީޔޫގައި ފަރުވާދެމުން އަންނަ މީހާއަށް އެތަނުގައި ފަރުވާދެމުން އަންނަނީ ވޯޑަށް ބަދަލުކުރުމަށްވުރެ އައިސީޔޫގައި ބާއްވައިގެން މިވަގުތު ފަރުވާދިނުމަކީ އެންމެ ރަނގަޅުގޮތްކަމުގައި ވާތީކަމަށެވެ.

"އައިސީޔޫގައި އޮތް މީހާގެ ހާލުވެސް ސީރިއަސްއެއްނޫން. އައިސީޔޫގައި ބާއްވައިގެން ފަރުވާދެނީ ކަމެއްދިމާވެދާނެކަމަށް ބަލައި." އައިޖީއެމްއެޗްގެ މީޑިއަރ އޮފިސަރ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަނެއް ހަމީހުންގެ ހާލުވެސް ރަގަޅުކަމަށެވެ. އަދި އެމީހުންނަށް ފަރުވާދެމުން އަންނަނީ ސާޖިކަލް ވޯޑްގައިކަމަށެވެ.

ޓީޖެޓީ ސަރަޙައްދުގައި ތެޔޮ ބައުޒަރުތަކެއްގައި ރޯވެގެން ހިނގި ނުރައްކާތެރި އަލިފާނުގެ ޙާދިސާގައި ނުވަ މީހަކަށް އެކިވަރުގެ ހާނީއްކަވެގެން އައިޖީއެމް ހޮސްޕިލުގައި ފަރުވާ ދީފައިވެއެވެ. އޭގެ ތެރެއިން 2 މީހަކަށް ފަރުވާދިނުމަށްފަހު ރޭވަނީ ދޫކޮށްލާފައެވެ.