ޚަބަރު

އެފްއެސްއެމްއިން ޓީޖެޓީގައި ދެމުންދިޔަ ޚިދުމަތް ވަގުތީގޮތުން ހުޅުމާލެއަށް


އެފްއެސްއެމްއިން ޓީޖެޓީގައި ދެމުންދިޔަ ޚިދުމަތް ވަގުތީގޮތުން ހުޅުމާލެ ބަދަލުކޮށްފިއެވެ.

އެފްއެސްއެމްއިން ބުނީ އިއްޔެ ހިނގައިދިޔަ ހިތާމަވެރި އަލިފާނުގެ ހާދިސާއާއި ގުޅިގެން، އެފްއެސްއެމް ބައުޒަރުތައް މެދުވެރިކޮށް ޓީޖެޓީއިން ދެމުންދިޔަ ޙިދުމަތް ވަގުތީ ގޮތުން ހުޅުމާލޭ އެފްއެސްއެމް ޕަމްޕް ސްޓޭޝަނަށް ބަދަލުކޮށްފައިވާކަމަށެވެ.

އިއްޔެ ހަވީރު ހިނގި އަލިފާނުގެ ހާދިސާގައި އެފްއެސްއެމްގެ ބައުޒަރެއްވެސް ވަނީ ރޯވެ އަނދާ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައެވެ. މީގެ އިތުރުން 3 ބައުޒަރެއްގައިވެސް ވަނީ ރޯވެ އަދާހުލިވެފައެވެ. ޕެޓްރޯލާއި، ޑީސަލް ފަދަ އަލިފާން ފަސޭހައިން ހިފާޒާތުގެ ގިނަ ވެހިކަލްތަކާއި، އުޅަދު ހިމެނޭ ޓީޖެޓީ ސަރަހައްދުގައި ހިނގި އަލިފާނުގެ ހާދިސާ ފެތުރިގެން ގޮސްފައިނުވަނީ އެސަރަހައްދުގައި ތިބި އާންމުންނާއި، ސިފައިންނާއި، ފުލުހުން ގުޅިގެން ކުރި އަވަސް މަސައްކަތުގެ ސަބަބުންނެވެ.

ސިނާއީ މަސައްކަތްތައް ކުރާ ފަރާތްތަކަށް ޙާއްސަކޮށްގެން ތައްޔާރުކުރެވެމުންދާ އިންޑަސްޓްރިއަލް ޒޯންވެސް ހިމެނޭ މިސަރަހައްދަކީ ގިނަ އަދަދެއްގެ ކަނޑުދަތުރުކުރާ އުޅަދުތަކަށް ތެޔޮއަޅަން ބޭނުންކުރާ ސަރަހައްދެކެވެ.

އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި 9 މިހަކު ވނީ ފިހިފައވެ. މީގެތެރެއިން 7 މީހުންނަށް އައިޖީއެމްއެޗްގައި އަންނަނީ ފަރުވާދެމުންނެވެ. އޭގެތެެރެއިން އެކަކަށް ފަރުވާދެމުން އަންނަނީ އަސީޔޫގައެވެ.