ޚަބަރު

ދީނަށް ފުރައްސާރަކުރާ ފަރާތްތަކާމެދު އެތައްބަޔެއްގެ ނުރުހުން

އިސްލާމްދީނަށް ފުރައްސާރަކޮށް، މާތް ނަބިއްޔާއަށް ހަޖޫޖަހާ ފަރާތްތަކާއިމެދު ހަރުކަށި ފިޔަވަޅުއެޅުމަށް ގޮވާލައި ގިނަބަޔަކު ޝުޢޫރުފާޅުރަން ފަށައިފިއެވެ.

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު "ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" އަކީ ރާއްޖޭގައި ދީނީ ގޮތުން ހަރުކަށި ފިކުރު ފަތުރެމުންދާ ގޮތާއި އެފިކުރުގެ އަސަރު ރާއްޖޭގައި އަށަގެންފައިވާ މިންވަރު ބެލުމަށްޓަކައި 2015ވަނަ އަހަރު ކޮށްފައިވާކަމަށްބުނާ ދިރާސާއެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ ރިޕޯޓާ ގުޅިގެން ގިނަބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ ރިޕޯޓުގައި ވަރަށް ފާޅުކަން ބޮޑުގޮތަކަށް އިސްލާމް ދީނާއި ކީރިތި ރަސޫލާ މުޙައްމަދު صلى الله عليه وسلم ފުރައްސާރަކޮށް ލިޔެފައިވެއެވެ. އަދި އިސްލާމް ދީނުގެ ބައެއް އަސާސްތަކާއި އަޤީދާ އާއި މުސްލިމުން ޤަބޫލުކުރާ ބައެއްކަންކަމާމެދު ސުވާލު އުފައްދައި ހަޖޫޖަހާފައިވެއެވެ.

ރާއްޖޭގައި ދީނީގޮތުން ހައްދުފަހަނައަޅާފައިވާ ވިސްނުމުގެ މައްސަލަ ބޮޑުވަނީ ދީނުގެ ކަންކަން އޮންނަގޮތުންކަމަށް ދޭހަވާފަދަ އެތައް ވާހަކަތަކެއް އެރިޕޯޓުގައި ހިމަނާފައިވެއެވެ. އަދި ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންނަތުން ސާބިތުވެފައިވާ ދީނީ ބައެއްކަންކަމާމެދު އެރިޕޯޓުގައި ސުވާލު އުފައްދާފައިވެއެވެ.

އިސްލާމްދީނަށް ފުރައްސާރަކޮށް ދަށު ދަރަޖައިގެ ބަހުރުވައިން މިފަދަ ރިޕޯޓެއް ޢާންމުކުރުމަކީ ރާއްޖޭގެ ޤާނޫނު ޤާނޫނުތަކުން ފިޔަވަޅު އެޅޭނެ ކުށެއްކަން ގިނަބަޔަކު ދަނީ ހާމަކުރަމުންނެވެ. މިއީ ދިވެހި މުޖުތަމައު ދުވަހަކުވެސް ބަލައި ގަންނާނެކަމެއް ނޫންކަން އެތައްބަޔަކު ދަނީ ހާމަކުރަމުންނެވެ.

މުޅި ސޯޝަލް މީޑިޔާގައި ދީނީ އިލްމުވެރިންނާއި، ސަރުކާރުގެ އިސްމަޤާމުތަކުގައި ތިބި ބޭބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އިދިކޮޅު ފަރާތްތަކުންވެސް ހުއްޓުމެއްނެތި ދަނީ މިރިޕޯޓް ޢާންމުކުރި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކޭ ކިޔާ ޖަމްޢިއްޔާއާމެދު ހަރުކަށި ފިޔަވަޅުއަޅައި އެމައްސަލަ އަވަހަށްބެލުމަށް ދަނީ ގޮވާލަމުންނެވެ. އަދި މިހާރުން މިހާރަށް މިޖަމްޢިއްޔާ އުވާލުމަށްވެސް ގިނަބަޔަކުދަނީ ގޮވާލަމުންނެވެ.

މިމައްސަލާގައި ރާއްޖޭގެ ފުންނާބުއުސް ދީނީ ޢިލްމުވެރިން ވަނީ ޚާއްސަ ބައްދަލުވުމެއްވެސް ބާއްވާފައެވެ. މިބައްދަލުވުމުގައި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. މޯލްޑިވިއަން ޑިމޮކްރަޓިކް ނެޓްވޯކުން ނެރުނު ރިޕޯޓެއްގައި އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށްފައިވާތީ އެމައްސަލަ ބަލާ ފިޔަވަޅު އަޅައިދިނުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ފުލުހުންނަށްވެސް ހުށަހަޅާފައެވެ.

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކުން ނެރުނު ރިޕޯޓެއްގައި އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށްފައިވާތީ އެ މައްސަލަ ހޫނުވެ ގިނަ ބަޔަކު އެކަމާއި ދެކޮޅަށް އަޑުއުފުލަން ފެށުމުން އެޖަމްޢިއްޔާއިން ވަނީ ކުރިން ޢާއްމުކުރި ރިޕޯޓް އަނބުރައި ގެންގޮސް މަޢާފަށް އެދޭކަމަށް ބުނެފައެވެ. ނަމަވެސް އެޖަމްޢިއްޔާގެ އިސްވެރިން މިހާރުވެސްދަނީ އެރިޕޯޓް ދިފާޢުކޮށް، ފުލުހުން މި ރިޕޯޓާއިމެދު ފިޔަވަޅު ނާޅާހާ ހިނދަކު މިކަން ހުއްޓާނުލާނެކަމަށް ބުނެ ގަދަބަސް ބުނަމުންނެވެ. މިމައްސަލަ ފުލުހުން ބަލަމުންދާއިރު، މިކަމުގައި ފުލުހުން އަދި ވަކި އެއްޗެއް ވިދާޅުވެފައިނުވެއެވެ.