ޚަބަރު

ހުޅުދޫގައި ބަޔަކު އަނިޔާކޮށް އެއްލާލާފައިއޮތް މީހަކު ފެނިއްޖެ


އައްޑޫ ސިޓީ ހުޅުދޫގައި ބަޔަކު އަނިޔާކޮށް އެއްލާފައިއޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުން ވިދާޅުވީ ހުޅުދޫ ފްލެޓް ސަރަޙައްދުގައި ޒަހަމްތަކަކާއެކު ވެއްޓިފައި އޮތް މީހަކު މިރޭ 19:00ގައި ފެނިފައިވާކަމަށެވެ. އަދި އެމީހާގެ ބޮލުގައި އެއްޗަކުން ޖަހާ ބޯފަޅާލައި ގައިގެ އެކި ތަންތަނުގައި ތަޅާ އަނިޔާކޮށްފައިވާކަމުގެ ނިޝާންތައް ފެންނަން ހުރި ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. ޒަޚަމްތަކަކާއެކު ފެނިފައިވަނީ އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށްވެސް ފުލުހުން މަޢުލޫމާތުދެއްވައެވެ. އެމީހާއަށް ހުޅުދޫ ހެލްތް ސެންޓަރުގައި ފަރުވާދެމުންދާކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ.

ފުލުހުން ވިދާޅުވީ އެ މައްސަލަ ބަލަމުންދާ ކަމަށާ، އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާކަމަށެވެ.