ޚަބަރު

އައްޑޫގައި މީހަކަށް އަނިޔާކުރި މައްސަލައިގައި 4 މީހަކު ހައްޔަރުކޮށްފި


އައްޑޫ ސިޓީ ހުޅުދޫގައި މީހަކަށް އަނިޔާކޮށް އެއްލާފައިއޮތް މައްސަލައިގައި 4 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވެފައިވަނީ ހުޅުދޫ ފްލެޓް ސަރަޙައްދުގައި މީހަކަށް އަނިޔާކޮށް އެއްލާލާފައި އޮއްވާ ފެނުނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 19:00 ކަމަށެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ މީދޫގެ 4 ފިރިހެނުންކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

އެމީހާގެ ބޮލުގައި އެއްޗަކުން ޖަހާ ބޯފަޅާލައި ގައިގެ އެކި ތަންތަނުގައި ތަޅާ އަނިޔާކޮށްފައިވާކަމުގެ ނިޝާންތައް ފެންނަން ހުރި ކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

އުމުރުން 35 އަހަރުގެ އެ މީހާއަށް ފުރަތަމަ ފަރުވާ ދީފައިވަނީ ހުޅުދޫ ހެލްތް ސެންޓަރުގައެވެ.