ޚަބަރު

ޝަހީދުންގެ ބިނާ ފަރުމާ ކުރުމަށް ހުޅުވާލި މުބާރާތް ފަސްކޮށްފި


ޝަހީދުންގެ ބިނާ ފަރުމާ ކުރުމަށް ހުޅުވާލި މުބާރާތް ފަސްކޮށްފިއެވެ.

ދިވެހިރާއްޖޭގައި ހިނގާފައިވާ އެކިއެކި ހާދިސާތަކާއި ކާރިސާތަކުގައި ޝަހީދުވެފައިވާ ދިވެހިންގެ ހަނދާނުގައި ޤައުމީ ފެންވަރުގެ ބިނާއެއް ޤާއިމުކުރުމަށްޓަކައި ހުޅުވާލި މި މުބާރާތް ފަސްކޮށްފައިވަނީ، މި މުބާރާތުގައި ގިނަ ޢަދަދެއްގެ ބަޔަކު ބައިވެރިވުމުގެ ފުރުޞަތު ދިނުމުގެ ގޮތުންނާއި، ޝަހީދުންގެ ބިނާ ފަރުމާކުރުމަށް އުފެއްދުންތެރި ޚިޔާލުތަކެއް ހުށަހެޅުމުގެ ފުރުޞަތު ގިނަ ބަޔަކަށްދީ، އެކަމަށް އެކަށީގެންވާ ވަގުތު ދިނުމުގެ ގޮތުންކަމަށް އެމްއެންޑީއެފް ވިދާޅުވެއެވެ.

އަދި ޝަހީދުންގެ ބިނާ ފަރުމާކުރުމުގެ މުބާރާތް ބާއްވާނެ ވަގުތާއި މުއްދަތު ފަހުގެ ތާރީޚެއްގައި އަލުން އިޢުލާނު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޝަހީދުންގެ ބިނާ ފަރުމާ ކުރުމުގެ މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއެއްގެ ގޮތުގައި ކުރިން އިޢުލާނުކޮށްފައި އޮތީ މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށެވެ.