ޚަބަރު

ވަޒިފާއާބެހޭ ޓްރައިބިއުނަލުންވެސް ޤާނޫނާ ޚިލާފަށް މީހަކު ވަޒީފާއިން ވަކިކުުރި


ވަޒީފާއާބެހޭ ޓްރައިބިއުނަލުން ޤާނޫނާ ޚިލާފަށް މީހަކު ވަޒީފާއިން ވަކިކުރިކަން ސާބިތުވެގެން އެމީހާއަށް ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ޑިރެކްޓަރެއްގެ މަޤާމުގައި ހުރި މީހަކު ވަޒީފާއިން ވަކިކުރި މައްސަލަ ސިވިލް ކޯޓުން ކުރިހުކުމުގައި ވަނީ އެމީހާ ވަޒީފާއިން ވަކުރީ ވަޒީފާއާބެހޭ ގާނޫނާއި ޓްރައިބިއުނަލްގެ ގަވާއިދާ ޚިލާފަށް ކަމަށެވެ.

އެހެން ކަމުން އޭނާ ކުރިންހުރި ވަޒީފާ ހަތް ދުވަސް ތެރޭގައި އަނބުރާ ދިނުމަށާއި ވަކިކުރި ތާރީޚުން ފެށިގެން ހުކުމް ކުރުމާހަމައަށް ލިބެންޖެހޭ މުސާރައާއި ޢިނާޔަތްތައް 15 ދުވަސް ތެރޭގައި ދޭން އަންގައި ހުކުމްކޮށްފައިވެއެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލަކީ ޤާނޫނާ ޚިލާފަށް ވަޒިފާއިން ވަކިކުރުމާއި ވާޒީފާއާބެހޭ ޤާނޫނާޚިލާފަށް ކުރާ ކަންކަމުގެ މައްސަލަތައް ބަލަން އޮންނަ އިދާރާއެވެ.