ޚަބަރު

ވާދަވެރި ސިޔާސީ ފަރާތްތަކުގެ ހަރަކާތްތަކަށް ހިއްވަރުލިބޭ ކަންކަން ނުކުރުމަށް އެމްޑީޕީން ގޮވާލައިފި


ވާދަވެރި ސިޔާސީ ފަރާތްތަކުގެ ހަރަކާތްތަކަށް ހިއްވަރުލިބޭ ކަންކަން ނުކުރުމަށް އެމްޑީޕީން އެޕާޓީގެ ހުރިހާ މެމްބަރުންނަށް ގޮވާލައިފިއެވެ.

އެމްޑީޕީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެމްޑީޕީ އާއި ވާދަވެރި ސިޔާސީ ފަރާތްތަކުގެ ސިޔާސީ ހަރަކާތްތަކަށް ހިތްވަރު ލިބޭ ޝިޔާރުތައް އެމްޑީޕީގެ އެއްވެސް މަޖިލިސް މެމްބަރެއްވެސް، ކައުންސިލަރެއްވެސް، އެމްޑީޕީގެ އެއްވެސް ޤައުމީ މަޖިލިސް މެމްބަރަކުވެސް އަދި އާއްމު މެމްބަރަކުވެސް ބޭނުން ނުކުރުމަށެވެ.

" އަދި އިދިކޮޅު ހަރަކާތްތަކަށް ބާރުލިބޭ، ވާގިވެރިވުމުގެ ބަޔާން ނެރުމާއި، އިދިކޮޅު މުޒާހަރާގައި ބައިވެރިވުމަކީ އެމްޑީޕީގެ އަސާސީ ޤަވާއިދާއި، ދުރޫސުލް އަޚްލާޤުގެ ހަމަތަކުން ބޭރު ކަމެއް ކަމުގައި މެނުވީ ނުވާނެކަމަށްޓަކައި އެކަން ހަނދުމަފުޅުކޮށް އަރުވަން " އެމްޑީޕީގެ ނޫސްބަޔާނުގައި ވެއެވެ.

އެމްޑީީޕީގެ ޗެއަރޕާސަން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި ތިއްބެވި ހުރިހާ ބޭފުޅުންވެސް ސަރުކާރުގެ ސިޔާސަތުތަކަށް ތާއިޑުކޮށް ސަރުކާރު ދިފާއުކުރުން ލާޒިމުކަމަށެވެ. އަދި އެކަން ކުރަން ފަސްޖެހިވަޑާއި ގަންނަވާ ބޭފުޅުން ސަރުކާރުގެ މަޤާމުތަކުގައި ތިއްބަވަންޖެހޭ އަދި ބައިތިއްވަންޖެހޭ ސަބަބެއްވެސް ނެތްކަމަށެވެ.