ޑީއާރްޕީން ހަބަށް ދަކަންޖެހޭކަމަށް ސާބިތުބެފައިވާ ފައިސާ ދެއްކުމަށް ތަކްރާރްކޮށް އެންގުމުންވެސް އެ ފައިސާ ދައްކާފައިނުވާތީ އިލެކްޝަން ކޮމިޝަނުން ޑީއާރްޕީއަށް ދޭންޖެހޭ ފައިސާއިން އެބައި އުނިކުރުމަށް ސިވިލްކޯޓުން އަމުރުކޮށްފިއެވެ. ސިވިލްކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ ޑީއާރްޕީން ހަބަށް ދައްކަންޖެހޭ ހަތްލައްކަ އަށްވުރެ ގިނަ ރުފިޔާ އެ ޕާޓީއަށް އިލެކްޝަންސް ކޮމިޝަނުން ދޭންޖެހޭ ފައިސާއިން އުނިކުރުމަށެވެ. އަދި އެބައި ސިވިލްކޯޓަށް ޖަމާކޮށްދިނުމަށްވެސް ސިވިލްކޯޓްގެ އަމުރުގައިވެއެވެ.ޑީއާރްޕީގެ ބައެއް ސިޔާސީ އެއްވުންތަކަށް ކުރެޑިޓަށް ސައުންޑް ހަދައިދީގެން އެ ފައިސާ ނުއްދައިގެން ހަބުން ދައުވާކުރި މައްސަލަ އެކުންފުންނާއި އެއްކޮޅަށް ދަށުކޯޓުން ނިންމި އިރު ހައިކޯޓުންވެސް އެ ނިންމުމަށް ތާއިދްކޮށްފައިވެއެވެ.މިއަހަރު ޕާޓީތަކަށް ފައިސާ ދޫކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާއިރު ތިންވަނަ އަށް އެންމެ ގިނަ ފައިސާ ލިބެނީ ޑީއާރްޕީއަށެވެ. ކޮމިޝަންގެ ތަފާސްހިސާބްތައް ދައްކާގޮތުން ޑީއާރްޕީއަށް ދެ މިލިޔަން ދެ ލައްކައަށް ވުރެ ގިނަރުފިޔާ ލިބެއެވެ.