ޚަބަރު

ފުލުހުން އަންހެނަކު ގެއްލިގެން ހޯދަން ފަށައިފި


އަންހެނަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ގެއްލިގެން ހޯދަމުންދަމުން ދަނީ ކ.މާލެ، ހ.ލާމިޔާ، އާމިނަތު ނަޝާ ނާޝިދު (23އ) އެވެ.

މި އަންހެން މީހާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މި އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހުގެ ދަންވަރު 01:30 ހާއިރުކަމަށް ފުލުހުން ވިދާޅުވެއެވެ.

އާމިނަތު ނަޝާ ނާޝިދާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އެކަން ލަސްނުކޮށް ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ޑިއުޓީ ނަންބަރ 9631696 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުންވަނީ އިލްތިމާސްކުރައްވާފައެވެ.