ޚަބަރު

ކޮމިޝަނަރ ޖެނަރަލް އޮފް ޓޭކްސޭޝަންގެ މަޤާމަށް ފަތުހުﷲ


ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ފަތުހުﷲ ޖަމީލް ޢައްޔަންކުުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ފަތުހުﷲ އައްޔަން ކުރެއްވުމަށް ވޯޓް ދެއްވާފައިވަނީ މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި 82 މެމްބަރުންގެ ވޯޓާއިއެކުއެވެ.

ކޮމިޝަނަރ ޖެނަރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ޢައްޔަންކުރެއްވުމައް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވަނީ މީރާގެ ކުރީގެ ޑިރެކްޓަރުގެ މަޤާމުވެސް ފުރުއްވި ފަތުހުﷲ ޖަމީލް ހިމެނޭހެން ދެ ބޭފުޅެއްގެ ނަމެވެ.

ކޮމިޓީގައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ކުރިމަތިލެއްވި ބޭފުޅުންތެރެއިން ރައީސުލްޖުމްހޫރިއްޔާ އިސްކަން ދެއްވި 2 ބޭފުޅުންނާ އިންޓަރވިއުކުރުމަށްފަހު އެ މަޤާމަށް ފަތުހުﷲ ޖަމީލް އައްޔަންކުރުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީން. ދިރާގުގައި މިހާރު ވަޒީފާ އަދާކުރައްވަމުންގެންދަވާ ފަތުހުﷲ އަކީ މީރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ފަތުހުﷲ އައްޔަންކުރުމަށް މަޖިލީހުން ރުހުންދީފައިވަނީ ޓެކްސްގެ ޤާނޫނަށް ގެނައި އިސްލާހާއެކު ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަންގެ މަގާމުގައި ހުންނެވި ޔަޒީދު މުހައްމަދުގެ މަޤާމު ހުސްވުމާއި ގުޅިގެންނެވެ.