ޚަބަރު

ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލްގެ މަޤާމަށް އަސްމާ


ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް އަސްމާ ޝަފީޢު އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.

ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް އަސްމާ އައްޔަންކުރެއްވުމަށް ވޯޓް ދެއްވާފައިވަނީ، ވޯޓްގައި ބައިވެރިވެ ވަޑައިގެންނެވި 81 ވޯޓާއިއެކުއެވެ.

ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް އައްޔަންކުރެއްވުމައް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވަނީ 6 ބޭފުޅެއްގެ ނަމެވެ. ކޮމިޓީގައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ކުރިމަތިލެއްވި ބޭފުޅުންތެރެއިން ރައީސުލްޖުމްހޫރިއްޔާ އިސްކަން ދެއްވި ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީން އިންޓަރވިއުކުރި މަރުހަލާގައި އިންޓަރވިއުއަށް ވަޑައިގެންފައިވަނީ އަސްމާ ޝަފީޢުއާއި، އިސްމާއިލް ސާޖިދެވެ. މިދެބޭފުޅުންނާ އިންޓަވިއު ކުރެއްވުމަށްފަހު މިދެބޭފުޅުންގެ ނަންވެސް ތަޅުމަށް ފޮނުވުއްވުމަށް ކޮމިޓީންވަނީ ފާސްކޮށްފައެވެ.

މީރާގެ އެންމެ އިސް ދެމަގާމަށް ބޭފުޅުން އައްޔަންކުރުމުގެ މަސައްކަތް މަޖިލީހުން ކުރައްވަމުންދަނީ ޓެކްސްގެ ޤާނޫނަށް ގެނައި އިސްލާހާއެކު ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަންގެ މަގާމުގައި ހުންނެވި ޔަޒީދު މުހައްމަދާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލްގެ މަގާމުގައި ހުންނެވި ޙަސަން ޒަރީރުގެ މަޤާމު ހުސްވުމުންނެވެ.