ޚަބަރު

ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް އަސްމާ ޢައްޔަން ކުރައްވައިފި


ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް އަސްމާ ޝަފީޢު އައްޔަން ކުރައްވައިފިއެވެ.

ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް އަސްމާ ޝަފީޢު އައްޔަންކުރައްވާފައިވަނީ މިއަދު ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައެވެ. އަސްމާއަށް މަޤާމުގެ ފަތްކޮޅު ހަވާލުކޮށްދެއްވީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހެވެ.

ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް އަސްމާ އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުނ ރުހުންދީފައިވަނީ މަޖިލީހުގައި ނެގުނު ވޯޓްގައި ބައިވެރިވެ ވަޑައިގެންނެވި 81 މެމްބަރުންގެ ވޯޓާއިއެކުއެވެ. ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް އައްޔަންކުރެއްވުމައް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވަނީ 6 ބޭފުޅެއްގެ ނަމެވެ.

މީރާގެ އެންމެ އިސް ދެމަގާމަށް ބޭފުޅުން އައްޔަންކުރުމުގެ މަސައްކަތް މަޖިލީހުން ކުރައްވަމުންދަނީ ޓެކްސްގެ ޤާނޫނަށް ގެނައި އިސްލާހާއެކު ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަންގެ މަގާމުގައި ހުންނެވި ޔަޒީދު މުހައްމަދާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލްގެ މަގާމުގައި ހުންނެވި ޙަސަން ޒަރީރުގެ މަޤާމު ހުސްވުމުންނެވެ.