ސިޔާސީ

ރައީސް ކަމަށް ކުރިމަތިލެވޭ އުމުރާއިގުޅޭ އިސްލާހު ތަސްދީގު ކޮށްފި


ރައީސުލްޖުމްހޫރިއްޔާއާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމަށް ކުރިމަތިލެވޭ އުމުރު ކަނޑައެޅުމަށް އިއްޔެ ރައްޔިތުންގެ މަޖިލީހުން ޤާނޫނުއަސާސީއަށް ގެނައި އިސްލާހު ރައީސުލް ޖުމްހޫރިއްޔާ މިއަދު ތަސްދީގު ކުރައްވައިފިއެވެ.ރައީސް މިއަދު ތަސްދީގުކުރެއްވި އިސްލާހާއިއެކު ރައީސް އާއި ނައިބް ރައީސްގެ މަޤާމަށް ކުރިމަތިލެވޭ އުމުރު މިހާރުވަނީ 30 އަހަރާއި 65 އަހަރަށް ބަދަލުވެފައެވެ.މި އިސްލާހު އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ. މި މިއިސްލާހު ފާސްކުރުމަށް މަޖިލީހުގައި އިއްޔެ ނެގި ވޯޓުގައި، ދެކޮޅަށް ވޯޓުދީފައިވަނީ އެންމެ ދެ މެމްބަރުންނެވެ.މިއިސްލާހު ފާސްކުރުމަށް ޕީޕީއެމާއި، އެމްޑީއޭގެ އިތުރުން އިދިކޮޅު އެމްޑީޕީއާއި، ޖުމްހޫރީ ޕާޓީންވެސް ވޯޓު ދީފައިވެއެވެ.ޤާނޫނު އަސާސީއަށް ގެނެވުނު މި އިސްލާހަކީ ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް މަޖިލީހަށް ހުށައެޅުއްވި އިސްލާހެކެވެ.ޤާާނުނު އަސާސީގައި ކުރިން ބުނެފައިވާގޮތުން ރައީސްކަމަށާއި، ނައިބު ރައީސްކަމަށް ކުރިމަތި ލެވޭނެ އެންމެ ދަށް އުމުރަކީ 35 އަހަރެވެ.ރައީސްއާއި، ނައިބު ރައީސްކަމަށް ކުރިމަތިލެވޭނެ އުމުރު 30 އަހަރާއި 65 އަހަރާ ދެމެދަށް ބަދަލު ކުރުމަށްގެނެވުނު އިސްލާހު ރައީސް ތަސްދީގު ކުރެއްވުމާއިއެކު،  ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ވެރިކަމަކަށް ދެނެއް ވާދައެއް ނުކުރެވޭނެއެވެ.