ނައިބް ރައީސް މުހައްމަދު ޖަމީލް އަހްމަދުގެ އިތުބާރު ނެތްކަމުގެ ވޯޓަށް ޖުމްހޫރީ ޕާޓީގެ މެމްބަރުން ތާއިދްކުރެއްވުމަށް އެޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.ރާއްޖެއިން ބޭރުގައި ހުންނަވައިގެން ޖުމްހޫރީ ޕާޓީގެ މަޖްލިސް މެމްބަރުންނަށް ގާސިމް ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ ގާނޫނު އަސާސީގައި އޮތްގޮތަށް ނައިބް ރައީސްގެ އިތުބާރު ނެތްކަމަށް ރައީސަށް ފެނިވަޑައިގެން ސަރުކާރު ހިންގާ ޕީޕީއެމްއާއި އެމްޑީއޭއިން މަޖްލިސަށް ހުށައަޅަން ނިންމައިފިނަމަ އެކަމާއި މެދު ދައްކާނެ އިތުރު ވާހަކައެއް އޮތްކަމަށް އެމަނިކުފާނު ދެކެވަޑައިނުގަންނަވާކަމަށެވެ. އަދި އެގޮތަށް ދެކެވަޑައިގަންނަވަނީ އެއީ ރައީސުލްޖުމްހޫރިއްޔާގެ ނައިބްކަމަށް ވާތީކަމުގައިވެސް ގާސިމް އިބްރާހިމް ވިދާޅުވެފައިވެއެވެ.ނައިބް ރައީސް ޑރ ޖަމީލް އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މަޖްލީހަށް މިއަދު ހުށައަޅާފައިވަނީ ޖޫމްހޫރީ ޕޓީގެ ފަސް މެމްބަރުންގެވެސް ތާއިދާއެކުގައެވެ. ރައްޔިތުންގެ މަޖިލީހުގައި ޖުމްހޫރީ ޕާޓީ ތަމްސީލުކުރައްވާ އެގާރަ މެމްބަރުން ތިއްބަވައެވެ.