ދީނީ ހަރުކަށި ފިކުރުގެ މައްސަލަތައް އެންމެ ގިނައިން ހުށަހަޅާފައިވަނީ ދެހާސް ސޯޅަވަނަ އަހަރާއި ދެހާސް ސަތާރަވަނަ އަހަރުކަމަށް ފުލުހުން ހާމަކުރައްވައިފިއެވެ. 2016ވަނަ އަހަރު 56 ހާދިސާއެއް، 2017 ވަނަ އަހަރު 47 ހާދިސާއެއް ވަނީ ހިނގާފައެވެ.
2014އިން މިއަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ހިނގާފައިވާ ދީނީ ހަރުކަށި ފިކުރުގެ މައްސަލަތަކުގެ ތަފާސް ހިސާބުތައް ފުލުހުން ވަނީ ހާމަކުރައްވާފައެވެ. މިހިސާބުތައް ދައްކާގޮތުން 2016ވަނަ އަހަރުވަނީ ދީނީ ހަރުކަށި ފިކުރުގެ 56 ހާދިސާއެއް ހިނގާފައެވެ. މީގެ ތެރެއިން 20 ހާދިސާ، މައްސަލައެއްގެ ގޮތުގައި ބަލާފައިވައިރު 5 މައްސަލައެއް ވަނީ ޕީޖީއަށް ފޮނުވާފައެވެ. އަދި 25 މައްސަލައެއް ވަނީ ފައިލް ކޮށްފައެވެ.
2017ވަނަ އަހަރު މިފަދަ 47 ހާދިސާއެއް ހިނގާފައިވެއެވެ. މީގެ ތެރެއިން 30 ހަދިސާ، މައްސަލައެއްގެ ގޮތުގައި ބަލާފައިވާއިރު ޕީޖީ އޮފީހަށް 5 މައްސަލަ ހުށައަޅާފައެވެ. އަދި އެއަރުގެ ތެރޭ ވަނީ 19 މައްސަލަ ފައިލްކޮށްފައެވެ.
ދެން މިފަދަ މައްސލަތައް އެންމެ ގިނައީ 2015ވަނަ އަހަރުއެވެ. މިގޮތުން އެއަހަރު 33 ހާދިސާ ހިނގާފައިވާއިރު 25 ހާދިސާ މައްސަލައެއްގެ ގޮތުގައި ވަނީ ބަލާފައެވެ. އަދި 11 މައްސލަވަނީ ފައިލްކޮށްފައެވެ.
މީގެ އިތުރުން 2018ވަނަ އަހަރު 25 ހާދިސާ ހިނގައި، 9 ހާދިސާގެ މައްސަލަ ވަނީ ބަލާފައެވެ. އަދި ޕީޖީއަށް 3 މައްސަލަ ފޮނުވާ 9 މައްސަލަ ވަނީ ފައިލްކޮށްފައެވެ. ދެން އެންމެގިނައިން މިފަދަ މައްސަލަތައް ހުށައަޅާފައިވަނީ 2014ވަނަ އހަރުގައެވެ. މިގޮތުން އެ އަހަރު 18 ހާދިސާ ހިނގައި 14 ހާދިސާ, މައްސަލަތަކުގެ ގޮތުގައި ވަނީ ބަލާފައެވެ. އަދި ޕީޖީއަށް 1 މައްސަލަ ފޮނުވައި 4 މައްސަލަ ވަނީ ފައިލްކޮށްފައެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މިފަދަ މައްސަލަތައް އެންމެމަދުން ހިނގާފައިވަނީ މިއަހަރުއެވެ. މިއހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް 22 ހާދިސާވަނީ ހިނގާފައެވެ. މީގެތެރެއިން 16 ހާދިސާގެ މައްސަލަ ބަލައި 1 މައްސަލަ ޕީޖީ އޮފީހަށް ވަނީ ފޮނުވާފައެވެ. އަދި 8 މައްސަލަ ވަނީ ފައިލްކޮށްފައެވެ.
ދީނީ ހަރުކަށި ފިކުރުގެ މައްސަލަތަކުގެތެރޭގައި ހިމެނެނީ ޢުމުރުން 18 އަހަރުން ދަށުގެ ކުދިން ކައިވެނިކުރުމާއި ވަކި ޖަމާޢަތެއް ހަދައިގެން ނަމާދުކުރުމާއި ދީނީ ދަރުސް ދިނުމާއި ޓެރަރިސްޓް ޖަމާޢަތެއްގެ މެމްބަރަކަށްވުމެވެ. އަދި ޓެރަރިސްޓް ޖަމާޢަތަކަށް މީހުން ރެކްރޫޓްކުރުމާއި މިފަދަ ޖަމާޢަތަކަށް ފައިސާގެ އެހީދިނުމާއި ޓެރަރިޒަމަށް ހިތްވަރު ލިބޭފަދަ ކަމެއް ކުރުން އެއްޗެއް ލިޔުން ނުވަތަ މުޢާމަލާތްކުމާއި މީގެ އެހެނިހެން ކުށްތައްވެސް ހިމެނެއެވެ. މީގެއިތުރުން ފުލުހުން ޢާއްމުކުރި ތަފާސްހިސާބުގައި ވަނީ ކުޑަކުދިންނަށް ވެކްސިން ނުދިނުމުން ހިނގާފައިވާ ހާދިސާތައްވެސް ހިމާނާފައެވެ.