ޚަބަރު

ރައީސް ޔާމީން މިވަގުތު ހުންނެވީ މާލޭ ޖަލުގައި


ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ޙުކުމް ތަންފީޒް ކުރަމުން ގެންދަނީ މާލޭ ޖަލުގައިކަމަށް ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ ރައީސް ޔާމިންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ތަންފީޒު ކުރައްވަން ބަހައްޓަވަން ނިންމަވާފައިވަނީ މާލެ ޖަލުގައެވެ. އެހެން ނަމަވެސް މާލެ ޖަލުން އެހެން ޖަލަކަށް ބަދަލުކުރާން ޖެހޭ ފަދަ ހާލަތެއް އައިސްފިނަމަ ބަދަލުކުރާނެކަމަށް ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވެއެވެ.

ޔާމިން ބަހައްޓާފައިވަނީ އެހެން ގައިދީންނާ ވަކިން، ހާއްސަ ތަނެއްގައި ކަމެއް އަދި ސާފުވާ ގޮތެއްނުވެއެވެ.

މަނީލޯންޑަރިންގެ ކުށް ސާބިތުވެ ޔާމީން ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ ކްރިމިނަލް ކޯޓުގެ ފަސް ގާޟީންގެ ބެންޗުގެ އިއްތިފާގުން ކުރި ހުކުމަކުންނެވެ. ޖަލަށްލުމުގެ އިތުރުން ފަސް މިލިއަން ޑޮލަރުން ވަނީ ޖޫރިމަނާވެސް ކޮށްފައެވެ.