މާޒިޔާއާ އެއްވަރުކޮށް ދިވެހި ޕްރިމިއަރ ލީގުގެ ފުރަތަމަ ޕޮއިންޓް މަހިބަދޫ ސްޕޯޓްސް ކްލަބުން ހޯދައިފިއެވެ.ދިވެހި ޕްރިމިއަރ ލީގުގައި ރޭ މަހިބަދޫއާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް ބައްދަލުކުރި މެޗް އެއްވަރުވީ އެއް ލަނޑު އެއް ލަނޑުންނެވެ.މެޗްގެ ދެވަނަ މިނެޓްގައި ފުރަތަމަ ލީޑް ނެގީ މަހިބަދޫ ސްޕޯޓްސް ކްލަބުންނެވެ. މި ލަނޑު މަހިބަދޫއަށް ކާމިޔާބުކޮށްދިނީ ބިދޭސީ ފޯވާރޑް ޑަ ސިލްވާއެވެ.މި ނަތީޖާގައި އޮވެ ފުރަތަމަ ހާފް ނިންމާލި ނަމަވެސް ދެވަނަ ހާފްގައި މާޒިޔާއިން ވަނީ ކުޅުން ރަނގަޅުކޮށް މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. ދެވަނަ ހާފްގައި މާޒިޔާއަށް މެޗްގެ ނަތީޖާ ހަމަހަމަކޮށްދިނީ އަހުމަދު ނާޝިދުއެވެ.މެޗަށްފަހު މާޒިޔާގެ ކޯޗް އަލީ ސުޒޭން ބުނީ މި މެޗުން އެއްވަރުވުމުން ޓީމު ވަރަށް ބޮޑަށް ޕްރެޝަރަށް ވެއްޓިއްޖެ ކަމަށާ މިއީ ތިން ޕޮއިންޓް ހޯދެން ޖެހޭނެ މެޗެއް ކަމަށެވެ.މެޗުގައި ޑިފެންސިވް މިސްޓޭކްތަކެއް ހެދިއިރު ލަނޑު ޖަހަން ރަނގަޅު ފުރުޞަތު ތަކެއް ލިބި އެ ބޭނުން ނުކުރެވުނުކަން ސުޒޭން ފާހަނގަކޮށްފައިވެއެވެ.މަހިބަދޫގެ ކޯޗް ޔްރޮދާން ސްޓައިކޯފް ބުނީ އެއް ޕޮއިންޓް ލިބުމުންވެސް ހިތްހަމަ ޖެހޭކަމަށާ މުޅި ޓީމުގެ ކުޅުމާމެދުވެސް ވަރަށް ހިތްހަމަ ޖެހޭކަމަށެވެ. އަދި މި މެޗަކީ ތިން ޕޮއިންޓް ލިބޭވަރުގެ މެޗެއްކަމަށްވެސް ސްޓައިކޯފްވަނީ ބުނެފައެވެ.މި މެޗުން ލިބުނު ޕޮއިންޓާއެކު މާޒިޔާ ވަނީ ނުވަ ޕޮއިންޓާއެކު ތާވަލްގެ ދެވަނައަށް ޖެހިލާފައެވެ. މަހިބަދޫ އޮތީ އެއް ޕޮއިންޓާއިއެކު ތާވަލްގެ އެންމެ ފުލުގައެވެ.ތާވަލްގެ އެއްވަނާގައި ދިހަ ޕޮއިންޓާއެކު އޮތީ ނިއުރޭޑިއެންޓް ސްޕޯރޓްސް ކްލަބެވެ.