ތަޢުލީމު

އިސްލާމިކް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރަކަށް ޑރ.ޝަހީމް


ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ވައިސް
ޗާންސެލަރަކަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
ރައީސުލްޖުމްހޫރިއްޔާ މިއަދު އައްޔަންކުރައްވައިފިއެވެ.

ވައިސް ޗާންސެލަރަކަށް ޝަހީމް
އައްޔަންކުރެއްވުމަށްފަހު ވަނީ މަޤާމްގެ ލިޔުން ހަވާލުކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިސްލާމިކް މިނިސްޓަރގެ
މަޤާމުގައި ހުންނެވުމަށްފަހު އެމަޤާމުން ޑރ. ޝަހީމް އިސްތިޢުފާ ދެއްވާފައިވަނީ
މިދިޔަ މޭމަހުގެ ފަސްވަނަ ދުވަހުއެވެ. ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ކުރީގެ
ރައީސް މުހައްމަދު ނަޝީދާއި، ޑރ. މުހައްމަދު ވަހީދު ހަސަންގެ ސަރުކާރުގައިވެސް
އިސްލާމިކް މިނިސްޓަރކަން ކުރައްވާފައެވެ.

ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާ
ރާއްޖޭގެ ފުރަތަމަ އިސްލާމިކް ޔުނިވަރސިޓީއަށް ބަދަލުކުރުމުގައިވެސް ޑރ. ޝަހީމްވަނީ
މުހިއްމު ދައުރެއް އަދާކުރައްވާފައެވެ. ވައިސް ޗާންސެލަރކަމުގެ މަޤާމާއި
ހަވާލުވެވަޑައިގަތުމަށްފަހު ޝަހީމް މިއަދު ވިދާޅުވީ، އަރަބި ގައުމުތަކުގެ ފުރިހަމަ
ސަޕޯޓް އިސްލާމިކް ޔުނިވަރސިޓީއަށް ލިބޭނެކަމުގެ ޔަޤީންކަން ލިބިވަޑައިގެންފައިވާކަމަށެވެ.