ޚަބަރު

ޝިދާތާގެ ދިފާޢުގައި މިނިސްޓަރ އިމްރާން!


އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ޕްރެޝަރާއެކު ސަރުކާރު ކޯލިޝަންގައި ހިމެނޭ ޢަދާލަތްޕާޓީގެ ސްލޮޓެއްގައި ޖެންޑާ މިނިސްޓަރުގެ މަޤާމަށް ޢައްޔަންކުރެއްވި ޝިދާތާ ޝަރީފް އެމަޤާން އިސްތިއުފާ ދެއްވުން ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ޝިދާތާގެ ދިފާޢު ކުރައްވައި ވާހަކަފުޅުދައްކަވައިފިއެވެ.

ޖެންޑާ މިނިސްޓަރުގެ މަޤާމުން އިސްތިއުފާ ދެއްވުމަށް ޝިދާތާ ހުށަހެޅުއްވުމާގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ އޭނާގެ އިސްތިއުފާ ޤަބޫލުފުޅުކުރައްވައި މަޤާމުން ވަކިކުރައްވާފައެވެ. ޢަދާލަތު ޕާޓީއާއި ޝިދާތާގެ ސިޔާސީ މުސްތަޤުބަލާ ގުޅޭގޮތުން ހޯމް މިނިސްޓަރ އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިދާތާގެ ދަރި ރާއްޖޭގެ ސިޔާސީ މަސްރަހުން އޮއްސެން އަދި ގާތްވެސް ނުވާކަމަށެވެ.

އަދި ސިޔާސީ ޙަރަކާތްތަކުގައި ޝިދާތާއަކީ ޢަދާލަތު ޕާޓީގެ މުގޫކަމަށްވެސް އިމްރާންގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ. ޝިދާތާ ޝަރީފަކީ ޢަދާލަތު ޕާޓީގެ ޚާރިޖީ ގުޅުންތަކާއިބެހޭ ކޮމިޓީގެ މުޤައްރިރެވެ. އިމްރާންގެ ޓްވީޓްގައި ވިދާޅުވީ ޝިދާތާއަކީ ޢަދާލަތު ޕާޓީއަށާއި، އެމަނިކުފާނަށްވެސް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ކަނބަލެއްކަމަށެވެ. އަދި ޝިދާތާ ކޮށްދެއްވާފައިވާ ޚިދުމަތްތަކީ މިނެކިރޭވަރަށްވުރެ ބޮޑު ޚިދުމަތްތަކެއް ކަމަށްވެސް މިނިސްޓަރ އިމްރާން ވިދާޅުވެފައިވޭ.

ޝިދާތާ މަޤާމުން އިސްތިއުފާ ދެއްވާފައިވާއިރު އޭނާ މަޤާމުގައި އިތުރަށް ހުންނަވަން ފެނިވަޑައިނުގަންނަވާ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން އިއްޔެވަނީ 45 މެމްބަރުންގެ އިއްތިފާޤުން ނިންމާފައެވެ. އަދި ފަހަކަށް އައިސް ފެންމަތިވަމުންދާ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މަސައްލަތަކާއި އިހުމާލުގެ މައްސަލަތަކުގައި ޖެންޑާ މިނިސްޓްރީގެ އިހުމާލުވުން އޮތްކަމަށްބުނެ ވަރަށްގިނަބަޔަކު ދަނީ މިނިސްޓަރ ޝިދާތާގެ އިސްތިއުފާއަށް ގޮވައި ނުރުހުން ފާޅުކުރަމުންނެވެ.

ޖެންޑަރ މިނިސްޓާރ ޝިދާތާ ޝަރީފަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޢަދާލަތްޕާޓީއަށް ނިސްބަތްވާ މެމްބަރެކެވެ. ޖެންޑާ މިނިސްޓަރުގެ މަޤާމަށް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ އިންޑިޔާއަށް ކަނޑައަޅާފައިވާ ސަރީފު އައިޝަތު މުހައްމަދު ދީދީއެވެ.