ޚަބަރު

ޤާސިމް މަރާލި މައްސަލަ: އަދުހަމަށް ދަޢުވާކޮށް، ކޯޓަށް ފޮނުވައިފި


ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި މައްސަލާގައި ހައްޔަރުކޮށްފައިވާ އަދުހަމުގެ މައްޗަށް ދައުވާކޮށް އެ މައްސަލ ކްރިމިނަލްކޯޓަށް ހުށައަޅައިފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވީ އަދުހަމްގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށިގެ ދައުވާކަމަށެވެ. އަދި މި ދައުވާ އުފުލާފއިވަނީ ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެއްތި ގެންގުޅުން މަަނާކުރުމުގެ ޤާނޫނުގެ ދަށުންކަމަށް ޕީޖީ އޮފީހުން ވިދާޅުވެއެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 4 ވަނަދުވަހުގޭ ޓެކްސީ ޑްރައިވަރު ގާސިމް ހަސަނަށް ވަޅިއަކުން ހަމަލާދީ އެނާ މަރާލިކަމަށް މި މައްސަލާގައި ދައުވާކުރާ ޅ. ހިންނަވަރު ބޮޑުހިޔާގޭ އަދުހަމް ވަނީ ތަހުޤީގުގައި އެއްބަސްވެފައެވެ. އަދި އެނާ ގާސިމަށް ހަމަލާދީީ ފޭރެން އުޅެ އެކަން ކާމިޔާބު ނުވުމުންކަމަށް ތަހުޤީގުގައި އޭނާ ބުނެފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ކުށަށް އިއުތިރާފުވެފައިވީނަމަވެސް ޢޭނާގެ މައްޗަށް މުހިންމު ފޮރެންސިކް ހެކިތަކަށް ހޯދާފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ހުޅުމާލޭގައި ޓެކްސީ ކުރަމުންދަނިކޮށް ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން، އދ.މާމިގިލީ ކަނީރުމާގޭ ޤާސިމް ހަސަން މަރުވެފައިވަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށެވެ. އޭނާއަށް ޙަމަލާދީފައި ވަނީ ހުޅުމާލޭގައި މީހުން އާބާދުވެފައިނުވާ، އަދި މިހާރު އިމާރާތްކުރުމުގެ މަސައްކަތްތައް ހިނގަމުންދާ ސަރަހައްދެއްކަމަށްވާ ރީތި ގަސް މަގާއި ގުޅިފައިވާ ގޯޅިއެއްގެ ތެރޭގައެވެ.

އަދުހަމަކީ މަސްތުވާތަކެއްޗާއި ވައްކަމާއި ފޭރުމުގެ ރިކޯޑް އޮންނަ މީހެކެވެ. ދާދި ފަހުންވެސް ވައްކަމުގެ މައްސަލައެއްގައި އޭނާގެ މައްޗަށް ވަނީ އެއް އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.