ޚަބަރު

ސުޕްރީމް ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާއަކަށް ފައިޞަލް


ސުޕްރީމް ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާގެ މަޤާމަށް އަލްއުސްތާޛް ފައިސަލް އާދަމް ހަމަޖައްސަވައިފިއެވެ.

ފައިސަލް މިމަޤާމަށް ހަމަޖެއްސުމުގެކުރިން އޭނާ ހުންނެވީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ ތަރުޖަމާނަކަށެވެ.

ސުޕްރީމްކޯޓުގެ ރަޖިސްޓްރާއަށް މިދިޔަ މަހު އައްޔަންކުރީ އެ ކޯޓުގެ ލީގަލް އޮފިސަރަކަށް ހުންނެވި ރައުފާ ހައިދަރެވެ. ސްޕްރީމް ކޯޓުގެ ހިންގުން ހަރުދަނާކޮށް ކޯޓުގެ މައްސަލަތައް ހަލުވި ކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ.

ސުޕްރީމް ކޯޓުގެ މަސައްކަތްތައް ހިނގަމުންދާގޮތް ބަލާލުމުގެ ފުރުސަތު ޢާންމުންނަށް ދިނުމަށް ކޮންމެ މަހަކު ޓުއަރއެއް ބާއްވުމަށްވެސް އެ ކޯޓުންވަނީ ނިންމާފައެވެ. އަންނަ މަހުން ފެށިގެން ކޮންމެ މަހެއްގެ ފުރަތަމަ ބުރާސްފަތި ދުވަހަކީ އޯޕަން ޑޭއެއްގެ ގޮތަށް އާންމުންނަށް އެ ކޯޓަށް ޒިޔާރަތް ކުރެވޭ ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައެވެ. 3 ސެޝަނަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ ޓުއާގައި ކޮންމެ ސެޝަނެއްގައި 10 މީހަކަށް ބައިވެރިވެވޭނެކަމަށް އެކޯޓުން ވިދާޅުވެއެވެ.