ކުޅިވަރު

ލަންކާއާ ވާދަކޮށް ރާއްޖޭގެ އަންހެން ފުޓްބޯޅަ ޓީމް ބަލިވެއްޖެ


އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ތައްޔާރުވުމުގެ
ގޮތުން ދިވެހި ރާއްޖޭގެ އަންހެން ފުޓްބޯޅަ ޓީމް ލަންކާއާ ދެކޮޅަށް ކުޅުނު މެޗުން
ބަލިވެއްޖެއެވެ. ލަންކާ އަންހެން ޓީމާ ވާދަކޮށް ރާއްޖޭގެ އަންހެން ޓީމް ބަލިވީ
ތިންލަނޑު ސުންލަނޑުންނެވެ. ލަންކާއަށް ރާއްޖޭގެ ޤައުމީ އަންހެން ފުޓްބޯޅަ ޓީމް ކުރާ
މިދަތުރުގައި އިތުރު ދެމެޗް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ނުވަވަނަ އިންޑިއަން އޯޝަން
އައިލެންޑް ގޭމްސްގައި ރާއްޖެ ލައްވާލީ ގްރޫޕް އޭގައި. މިގްރޫޕްގައި ރާއްޖޭގެ
އިތުރުން ދެން ހިމެނެނީ މަޔޯޓޭއާއި ޝީޝެލްސް އެވެ. އަންނަ މަހު އެކެއްގައި ފަށާ އިންޑިއަން
އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭގެ އަންހެން ފުޓްބޯޅަ ޓީމްގެ އަމާޒަކީ
ސެމީފައިނަލުން ޖާގަ ހޯދުން ކަމަށް އެޓީމުން ވަނީ ބުނެފައެވެ.