ރައްޔިތުންގެ މަޖިލިސް
ހުޅުވާ ދުވަސް އަވަސްކުރުމަށް މަޖިލީހުން މިއަދު ފާސްކޮށްފިއެވި. މަޖިލިސް ހުޅުވާ
ދުވަސް އަވަސްކުރުމަށް މަޖިލީހުގެ ގަވާއިދަށް އާންމުކޮމިޓީން ގެނައި އިސްލާހު
މިއަދު ފާސްވީ ފަންސާސް ހަ މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ.
މިއަދު މަޖިލީހުން
ފާސްކުރި އިސްލާހުގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރު
ހިނގާނީ ކޮންމެ އަހަރެއްގެވެސް ފެބުރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން
އޭޕްރީލް މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށްކަމަށެވެ. ނަމަވެސް ކުރިން
ބުނެފައިވަނީ، މަޖިލީހުގެ ފުރަތަމަ ދައުރަކީ ކޮންމެ އަހަރެއްގެވެސް މާރޗު މަހުގެ
ފުރަތަމަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ ފުރަތަމަ ދުވަހަށްކަމަށެވެ.
މީގެ އިތުރުން މިއަދު ފާސްކޯށްފައިވާ އަނެއް އިސްލާހުގައި ބުނެފައިވަނީ، ބިލެއްގެ ފުރަތަމަ ކިއުން އިއްވުމަށް ފަހު ބިލަކާ ގުޅިގެން ހިނގަން ޖެހޭކަމަށް މަޖިލީހުގެ ގަވާއިދު ބަޔާންކޮށްފައިވާ ވަކި މަރުހަލާއަކުން ނުވަތަ
މަރުހަލާތަކަކުން އެފަދަ ބިލެއް އިސްތިސްނާވާނެ ކަމަށެވެ.
ނުވަތަ
ބިލަކާ ގުޅިގެން ހިނގަން ޖެހޭ ކަމަށް މަޖިލީހުގެ ގަވާއިދު ބަޔާންކޮށްފައިވާ ހުރިހާ
މަރުހަލާއެއް ކުރިއަށް ގެންދިއުމަށް މަޖިލީހުގެ ރައީސް ހުށަހަޅާ ހުށަހެޅުމަކުން އިތުރު
ބަހުސަކާ ނުލާ މަޖިލީހުން ފާސްކުރާ ފާސްކުރުން ކަމަށް ކަނޑައެޅިދާނެ ކަމަށް ވެސް
ގަވާއިދަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައިވެއެވެ.