ޚަބަރު

އަންހެން ކުޖަކަށް ޖިންސީގޯނާކުރި މައްސަލައެއްގައި 61 އަހަރުގެ މީހަކު ހައްޔަރުކޮށްފި


ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ މައްސަލައެއްގައި 61 އަހަރުގެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ އުމުރުން 18 އަހަރު ނުފުރޭ ކުޑައަންހެން ކުއްޖަކަށް ޖީންސީ ގޯނާކުރި މައްސަލައެއް ސައުތު ސެންޓްރަލް ޒޯން ޕޮލިސް ޑިވިޝަނަށް މިމަހުގެ 25 ވަނަ ދުވަހު ހުށަހެޅިފައިވާކަމަށެވެ.

މިމައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އުމުރުން 61 އަހަރުގެ ދިވެހި ފިރިހެނެއް މިމަހުގެ 25 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ. މިމައްސަލަ އިތުރަށް ތަޙްޤީޤް ކުރަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާތަކަކީ ފުލުހުން ސީރިއަސްކޮށް ބަލަމުންދާ މައްސަލަތަކެކެވެ. އަދި މިފަދަ މައްސަލަތަކުގައި ކުއްޖާގެ ރައްކާތެރިކަމަށްޓަކައި ކުއްޖާގެ އަތޮޅާއި ރަށް ހާމަނުކުރުމަށް ނިންމާފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.