ޚަބަރު

ކޯވިޑް- 19 : ރިހިވެލިން ދިވެއްސަކު ކޯވިޑަށް ޓެސްޓްކުރަނީ


ކޯވިޑް 19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރެގެން ރިހިވެލި ދި ޑްރީމް ހޮޓެލް މޯލްޑިވްސް ރިޒޯޓުން ދިވެއްސެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެޗްޕީއޭއިން ވިދާޅުވީ ރައްކާތެރިކަމުގެ ގޮތުން ޢަމަލު ކުރަމުންދާ އުޞޫލުގެ ދަށުން، ކޯވިޑް 19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ރިހިވެލި ދި ޑްރީމް ހޮޓެލް މޯލްޑިވްސް ރިޒޯޓުން ދިވެއްސެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. އަދި މިމީހާ މިހާރު ވަނީ ހޯމް އައިސޮލޭޝަންގައި ބެހެއްޓިފައެވެ.

އާންމު އުސޫލުގެ ދަށުން ކޯވިޑަށް ޝައްކުކުރެވޭ މީހަކު ރާއްޖޭގެ އެއްވެސް ރަށަކުންވެސް އަދި ރިޒޯޓަކުންވެސް ފެނިއްޖެ ހާލަތެއްގައި އެރަށެއް ނުވަތަ ރިސޒޯޓެއް މޮނިޓަރިންގެ ހާލަތަށްލެވެއެވެ. އެއުސޫލުގެ ދަށުން ރިހިވެލި ދި ޑްރީމް ހޮޓެލް މޯލްޑިވްސް ރިޒޯޓު މިހާރު ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެވިފައެވެ.

ކޯވިޑަށް ޝައްކުކުރެވޭ އަލާމާތެއް ހުރި މީހެއް ރާއްޖޭގެ އެއްވެސް ސަރަހައްދަކުން ފެނިއްޖެނަމަ އެމީހެއްގެ ސާމްޕަލްނަގައި ޓެސްޓްކުރުމަށް އެޗްޕީއޭއިންވަނީ ނިންމާފައެވެ. އަދި ސާމްޕަލްގެ ނަތީޖާ ލިބެންދެން އެޗްޕީއޭއިން އަންގާގޮތަކަށް އެމީހަކު އަމަލުކުރުމަށްވެސް ވަނީ އަންގާފައެވެ.