ޚަބަރު

ފަނޑިޔާރަކަށް ނަސޭހަތްތެރިވެ ތަމްރީން ޕްރޮގުރާމެއް ފުރިހަމަކުރަން އަންގައިފި


ދަރަވަންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަޙުމަދު ލަޠީފު، ސަލާމް ބުނުމުގެ އުސޫލާ ޚިލާފަށް ސަލާމްބުނަމުންދާ މައްސަލައިގަ ނަޞޭހަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން އަންގައިފި.

ޖޭއެސްސީން މައިކްރޯ ސޮފްޓް އޮފީސްގެ ޓީމްސް މެދުވެރިކޮށް މިއަދު ބޭއްވި ކޮމިޝަންގެ ބައްދަލުވުމުގައިވަނީ ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް، އަޙުމަދު ލަޠީފު، ސަލާމް ބުނުމުގެ އުސޫލާ ޚިލާފަށް ސަލާމު ބުނާތީ ހުށަހެޅި ޝަކުވާ ބަލައި އެކަމާމެދު އަޅާނެ ފިޔަވަޅެއް ނިންމާފައެވެ.

ޖޭއެސްސީން ވިދާޅުވީ މިމައްސަލައިގަ މެޖިސްޓްރޭޓް އަހުމަދު ލަތީފް ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ކަނޑައެޅިގެން ޚިލާފުވެފައިވާކަމަށެވެ. އަދި މިމައްސަލަ ކޮމިޝަނުން ބެލުމަށްފަހު އިސްމެޖިސްޓްރޭޓް އަޙްމަދު ލަޠީފަށް ނަޞޭހަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރުމަށް އެންގުމަށް، ކޮމިޝަނުން ވަނީ ނިންމާފައެވެ.