ޚަބަރު

އެޕޯލޯ އޮފީހުގެ ތިޖޫރީފަޅާލައި 1.7 މިލިޔަން ރުފިޔާ ނަގައިފި


އެޕޯލޯ އޮފީހުގެ ތިޖޫރީ ފަޅާލައި 1.7 މިލިޔަނަށްވުރެ ގިނަ ރުފިޔާ ވަގަށްނަގައިފިއެވެ.

ފުލުހުން ވިދާޅުވީ އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ އޮފީސް ފަޅާލައިގެން ވައްކަން ކޮށްފައިވާ މައްސަލައެއް މިމަހުގެ 13 ވަނަ ދުވަހުގެ ހުށަހެޅިފައިވާކަމަށެވެ.

މިވައްކަމުގައި އެއޮފީހުގެ ތިޖޫރީ ހަލާކުކޮށްލައިގެން 1.7 މިލިޔަން ރުފިޔާއާއި، 2200 ޑޮލަރު ވަގަށް ނަގާފައިވާކަމުގެ މައުލޫމާތުލިބިފައިވެއެވެ. މިމައްސަލައާ ގުޅިގެން މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައިވާނުވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

އެޕޯލޯގެ އޮފީހުން ވައްކަން ކޮށްފައިވަނީ ރޭ 11:45 އަކާއި ފަތިހު 4:30 އާ ދޭތެރޭގައި ކަމަށް ސީސީޓީވީ ފުޓޭޖްތަކުން ދައްކާކަމަށާއި މިކަން ކޮށްފައިވަނީ ސީސީޓީވީގައި ޓޭޕްއެޅުމަށްފަހު ކަމަށް މަޢުލޫމާތުލިބިފައިވެއެވެ. މިމައްސަލަ އިތުރަށް ތަހުޤީގް ކުރަމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ.