ޚަބަރު

ކޯވިޑް-19 : މާލެ ސިޓީ ސަރަހައްދުގައި ވެކްސިން ދިނުން ވަގުތީ ގޮޮތުން މެދުކަނޑާލައިފި


މާލެ ސިޓީ ސަރަޙައްދުގައި ވެކްސިން ދިނުން ވަގުތީ ގޮޮތުން މެދުކަނޑާލައިފިއެވެ.

އެޗްޕީއޭއިން ވިދާޅުވީ މާލެ ހުޅުމާލެ ވިލިމާލޭގައި 14 ދުވަހުގެ ލޮކް ޑައުންގެ މުއްދަތުގައި މާލެ ސަރަހައްދުގައި ވެކްސިން ދިނުން ވަގުތީގޮތުން މެދުކަނޑާލާފައިވާކަމަށެވެ. މިގޮތަށް ހަމަ ޖައްސަން ޖެހުނު ސަބަބަކީ ކޯވިޑް-19ގެ ބަލިމީހުން މިހާރު މާލެތެއިން ފެންނަމުން ދާތީއާއި މާލޭގައި ބަލި ހަލުވިކަމާއެކު ފެތުރުމުގެ ޙާލަތުގައިވާއިރު ވެކްސިން ދިނުމަށް މިވަގުތު ވެކްސިންދޭ މަރުކަޒުތަކަށް ދިއުމަށްވުރެ ގޭގައި މަޑުކުރުން ރައްކާތެރިކަމަށް ބެލެވޭތީކަމަށެވެ.

މި 14 ދުވަހުގެ މުއްދަތަށް ފަހު މިހާލަތު މިއަށް ވުރެ ދިގުދެމިގެން ދާނަމަ މާލެ ސަރަހައްދުގައި ވެކްސިން ދިނުން ކުރިއަށް ގެންދިއުމަށް ހަމަޖައްސާގޮތެއް އިޢުލާން ކުރެވޭނެކަމަށް އެޗްޕީއޭއިން ވިދާޅުވޭ.