ޚަބަރު

މާލެއިން އިތުރު 13 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެ


މާލެއިން އަނެއްކާވެސް އިތުރު 13 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ.

މީގެ ތެރޭގައި ހިމެނެނީ 8 ދިވެހިންނާއި ބަންގްލަދޭޝްގެ 5 މީހެކެވެ. މިއާއެކު މާލެއިން ޕޮޒިޓިވްވި މީހުންގެ ޖުމުލަ ޢަދަދުވަނީ 62އަށް އިތުރުވެފައެވެ. އަދި މުޅި ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު މިވަނީ 82އަށް އިތުރުވެފައެވެ. މިއަދު ޕޮޒިޓިވްވި މީހުން އައިސޮލެޝަނަށް ގެންދިއުމުގެ މަސައްކަތް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ދަނީ ކުރައްވަމުންނެވެ.

ރޭ ދަންވަރުވެސް މާލެއިންވަނީ 2 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ދިވެއްސަކާއި ބިދޭސީއެކެވެ. މިއަދު މާލެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ކޭސް ނަންބަރުތަކަކީ 70، 71، 72، 73، 74، 75، 76، 77، 78، 79، 80، 81، 82 އެވެ.