ޚަބަރު

ކޯވިޑް-19 : އިތުރު ބިދޭސީއަކު ޕޮޒިޓިވްވެއްޖެ


އިތުރު ބިދޭސީއަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. މިއީ މި ބައްޔަށް މިއަދު ޕޮޒިޓިވްވި ސާދަވަނަ މީހާއެވެ. ރާއްޖެއިން މިހާތަނަށް ވަނީ ބަނގްލަދޭޝަގެ 24 މީހަކު ބައްޔަށް ޕޮޒިޓިވްވެފައެވެ.

ޕޮޒިޓިވްވި ބަނގްލަދޭޝްގެ މީހުންގެ ތެރޭގައި ހިމެނެނީ މާލޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ ތަންތަނުގައި މަސައްކަތްކުރާ މީހުންނެވެ. ޕޮޒިޓިވްވި އެންމެން މިހރު ވަނީ އައިސޮލޭޝަން ފެސިލިޓީއަށް ގެންގޮސްފައެވެ. މީހާތަނަށް ވަނީ އިންޑިއާގެ 6 މީހަކުވެސް ޕޮޒިޓިވްވެފައެވެ. މިބައްޔަށް ޕޮޒިޓިވްވި ދިވެހިންގެ ޢަދަދު 26 އަރައެވެ. މުޅި ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު ވަނީ 83 އަށް އިތުރުވެފައެވެ.

ޕޮޒިޓިވްވި މީހުންގެ ކޮންޓްރެކްޓް ޓްރެށް ނ ުވަތަ ސީދާ ދިމާވި މީހުން ދެނެގަނެ ފެސިލިޓީތަކަށް ގެންދިއުމުގެ މަސައްކަތްކުރަމުންދާކަމަށް އެޗްޕީއޭއިން ހާމަކުރައްވައެވެ.