ޚަބަރު

ކޯވިޑް-19 : ޑޮކްޓަރުންގެ އިލްތިމާސް، "ބަލީގެ އެއްވެސް ޢަލާމާތެއް ހުރިނަމަ މުވައްޒަފުން މަސައްކަތަށް ނުނެރޭ"


ގިނަ ޢަދަދެއްގެ މަސައްކަތްތެރިން ލައްވާ މަސައްކަތްކުރާ ފަރާތްތަކުން ކޯވިޑް-19ގެ އެއްވެސް ޢަލާމަތެއް މުވައްޒަފެއްގެ ކިބައިން ފެންނަނަމަ އެމީހުން މަސައްކަތަށް ނުނެރުމަށް ނެޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން އިލްތިމާސްކުރައްވައިފިއެވެ.

ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ޑރ.އިބްރާހީމް އަފްޒަލް ވަނީ މަސައްކަތްކުރާ ގިނަ ޢަދަދެއްގެ މީހުން ގެންގުޅޭ ކުންފުނިތަކާއި އެފަދަ އެހެންވެސް ތަންތަނުން މުވަޒަފުންގެ ކިބައިން އެއްވެސް ޢަލާމާތެއް ފެންނަނަމަ މަސައްކަތްތަކަށް އެމީހުން ނުނެރުމަށް އިލްތިމާސްކުރައްވާފައެވެ. ޑރ.އަފްޒަލް ވިދާޅުވީ، ކޯވިޑް-19ގެ ޢަލާމާތް ހުންނަ މީހުންވެސް ބައެއްފަހަރު މަސައްކަތަށް ނެރެ މަސައްކަތްކުރުވަމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ. ބަލީގެ އެއްވެސް ޢަލާމަތެއް ފެންނަނަމަ ވީހާވެސް އަވަހަށް އެޗްޕީއޭއަށް އެކަން އެންގެވުމަށް ޑރ.އަފްޒަލްވަނީ އިލްތިމާސްކުރައްވާފައެވެ.

"ފާހަގކުރެވޭ ބަލީގެ އަލާމާތް ފެންނަ ފަހުންވެސް މަސައްކަތަށް ނުކުމޭ. އެމަސައްކަތާ ހަވާލުވެ ހުންނަ ބައެއް ވެއްޖާ އަޅުަގނޑުމެންނާ އަންގާ ވަގުތުން މަސައްކަތްހުއްޓާލަންޖެހޭ. މިކަން އިތުރަށް ހުއްޓުވޭނީ މި އިރުޝަދުތަަކަށް ތަބާގެން." ޑރ.އަފްޒަލް ފާހަގަކުރެއްވިއެވެ.

ޑރ. އަފްޒަލް ވަނީ މިވަގުތު ކޮމިއުނިޓީ ސްޕްރެޑެއް އުޅޭތީ ކިރިޔާވެސް ބަލީގެ އަލާމާތެއް ފެނުނަސް އަދި ބަލި ހުރިކަމަށް ޝައްކުކުރެވޭ މީހަކާ ބައްދަލުވެފައިވާނަމަ ލަސްނުކޮށް ކަމާ ގުޅުންހުރި ފަރާތްތަކަށް ގުޅުމަށް އިލްތިމާސްކުރައްވާފައެވެ.