ޚަބަރު

ކޯވިޑް-19 : އިތުރު 6 މީހަކު ޕޮޒިޓިވްވެ ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 226 އަށް


އިތުރު 6 މީހަކު ޕޮޒިޓިވްވެ މިއަދު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 12 އަށް އަރައިފިއެވެ.

މި ހަމީހުންގެ ތެރޭގައި ހިމެނެނީ 5 ދިވެއްސަކާއި، ބަންގްލަދޭޝްގެ މީހެކެވެ. މިއާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ 226 އަށް އަރާފައެވެ.

އިއްޔެއަކީ ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ މީހުން ކޯވިޑަށް ޕޮޒިޓިވްވި ދުވަހެވެ. އިއްޔެ އެކަނިވެސް ރާއްޖެއިން 73 މީހަކު ޕޮޒިޓިވް ވެފައިވާކަމަށް ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ވިދާޅުވެފައެވެ.

އިއްޔެ އެންމެފަހުން މާލެއިން ޕޮޒިޓިވްވި 23 މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 19 މީހަކާއި، 2 ދިވެއްސަކާއި އިންޑިޔާގެ 2 މީހެކެވެ. މިބަލިން މިހާތަނަށް ރަނހަޅުވެފައިވަނީ 17 މީހުންނެވެ. ބައްޔަށް މިހާތަނަށް ޕޮޒިޓިވްވެފައިވާ ގިނަ މީހުންގެ ތެރޭގައި ހިމެނެނީ ބަލި ޖެހުނު މީހުންނާއި ސީދާ ދިމާވި މީހުންކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.