ޚަބަރު

ކޯވިޑް-19 : ސިފައިންގެ 14 މީހުން މިއަދު ޕޮޒިޓިވްވި


ޤައުމީ ދިފާއީބާރަށް ނިސްބަތްވާ 14 މީހަކު ކޯވިޑް19 އަށް ޕޮޒިޓިވްވެފައިވާކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.

ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ޕްރެސްކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުން ކޯވިޑް-19އާ ގުޅިގެން އުފައްދަވާފައިވާ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)ގައި ހިމެނިވަޑައިގަންނަވާ ޑޮކްޓަރ ޑރ.އިބްރާހީމް އަފްޒަލް ވިދާޅުވީ ޕޮޒިޓިވެފައިވަނީ ކަޅުތުއްކަލާ ކޮށިން ސިފައިންގެ ހަތަރު މީހަކާއި، ހުޅުމާލޭގައި ތަރައްޤީކުރާ ކޯވިޑް ވިލެޖުގައި މަސައްކަތް ކުރަމުންދިޔަ ސިފައިންގެ 2 މީހަކާއި އެމްއެންޑީއެފްގެ އިލެކްޓްރިކް މެކޭނިކަލް ވޯކްޝޮޕްގައި މަސައްކަތްކުރަމުންދާ ސިފައިންގެ 14 މީހެއްކަމަށެވެ.

އެމްއެންޑީއެފްގެ ކްލަސްޓާއަކީވެސް ބޮޑު ކްލަސްޓާއަކަށް ވުން އެކަށީގެންވާކަމަށާ، މި ކްލަސްޓާގެ ކޮންޓެކްޓް ޓްރޭސްކުރުން ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިއަށްދާކަމަށް ޑރ.އަފްޒަލް ވިދާޅުވިއެވެ. އަދި މިހާނަތަށް ހެދި ކޮންޓެކްޓްރޭސްގެ ތެރެއިން ހޯދުނު ބައެއް ފަރާތްތަކުގެ ނަތީޖާ މާދަމާ ލިބޭނެކަމަށްވެސް އަފްޒަލް ވިދާޅުވިއެވެ.

"އެމްއެންޑީއެފް ކްލަސްޓާއެއްވީމަ އަޅުގަޑުމެން ވަރަށް ގަދަޔަށް ކޮންޓްރެކްޓް ޓްރޭސިންގެ ތެރެއިން ބަލައިގެން ކުރިއަށް ގެންދާނަން. އިރާދަކުރެއްވިއްޔާ މާދަމާ ކޮންޓްރެކްޓް ޓްރޭސިންގެ ނަތީޖާ ނުވަތަ ކޮންޓެކްޓްރެސިންގ ލިބިފައިވަނީ ކިހާވަރަކަށްތޯ ހިއްސާކޮށްލާނަން." ޑރ.އަފްޒަލް ވިދާޅުވިއެވެ.

މިހާތަނަށް ސިފައިންގެ 20 މީހުން ވަނީ ކޯވިޑް19އަށް ޕޮޒިޓިވްވެފައެވެ.