ސިޔާސީ

އެއާރޕޯޓުގައި މުޒާހަރާކުރި މީހުންނަށް ހުކުމް އިއްވުން ފަސްކޮށްފި


އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯރޓްގައި މުޒާހަރާކުރި މީހުންގެ މައްޗަށް
ދައުލަތުން ދައުވާކުރާ މައްސަލާގައި ހުކުމް އިއްވުން އަނެއްކާވެސް
އެއްމަސްދުވަހަށް ފަސްކޮށްފިއެވެ.



މި އަހަރުގެ މާރޗްމަހުގެ ތެރޭގައި
އެއަރޕޯރޓްގައި މުޒާހަރާކުރި މައްސަލާގައި ދައުލަތުން ފަނަރަ މީހެއްގެ މައްޗަށް
އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދައުވާ އުފުލާފައިވެއެވެ. 



މި މައްސަލާގައި ހުކުމް އިއްވުން
ފަސްކުރި ދެވަނަ ފަހަރެވެ. އެހެންނަމަވެސް ހުކުމް އިއްވުން ފަސްކުރި ސަބަބެއް
ސާފެއްނުވެއެވެ.



އެއަރޕޯރޓްގައި މުޒާހަރަކުރި
މައްސަލާގައި ފަނަރަ މީހެއްގެ މައްޗަށް ދައުލަތުން ދައުވާކުރާއިރު މީގެ ތެރޭގައި
އެންމެ މީހަކު ފިޔަވާ ދެން މުޅިން ހިމެނޭނީ އަންހެނުންނެވެ. އޭގެތެރޭގައި މާލޭ ސިޓީ
ކައުންސިލް ޑެޕިއުޓީ މޭޔަރ ޝިފާ މުހައްމަދުވެސް ހިމެނޭއެވެ.