ޚަބަރު

މި ދަނޑިވަޅުގައިވެސް ކުޑަކުދިންގެ ރައްކާތެރިކަމަށް ކުރަމުންދާ މަސައްކަތް ހުއްޓައެއް ނުލަން - ރައީސް


ކޯވިޑް-19އާ ހަނގުރާމަކުރަމުންދާ މިދަނޑިވަޅުގައިވެސް ކުޑަކުދިންނަށް އުފާވެރި މުސްތަގުބަލެއް ހޯދައި ދިނުމަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމުގައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދަޅުވެއްޖެއެވެ.

ކުޑަކުދިންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ކޯވިޑް-19ގެ ނުރައްކަލުން ކުޑަކުދިން ސަލާމަތް ކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދާއިރު، އެކުދިންނަށް ބޭނުންވާ ރަނގަޅު ޞިއްޚީ ރައްކާތެރިކަމާއި، ތައުލީމު ކަށަވަރު ކޮށްދިނުމާއި، ކުޑަކުދިންނަށް ކުރާ އެކިބާވަތްތަކުގެ އަނިޔާއިން އެކުދިން ރައްކާތެރިކޮށްދިނުމަކީ ސަރުކާރުން މިހާލަތުގައިވެސް ކަށަވަރުކޮށްދޭ ކަމެއް ކަމަށެވެ.

ކޮންމެ އަހަރެއްގެވެސް މޭ މަހުގެ 10 ވަނަ ދުވަސް ކުޑަކުދިންގެ ދުވަހުގެ ގޮތުގައި ވަރަށް ކުލަގަދަގޮތަކަށް ފާހަގަކުރަމުންދިޔަނަމަވެސް މިއަހަރު މި ދުވަސް ދިމާވެފައި މިވަނީ މުޅި ދުނިޔެ ކޯވިޑް-19އާ ހަނގުރާމަ ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކޯވިޑް 19 ގެ މިހާލަތުގައި ރާއްޖޭގައި ޞިއްޚީ ބޭފުޅުންނާއި، ސަލާމަތީ ބާރުތަކާއި، މިނޫންވެސް ކުރީސަފުގައި މަސައްކަތް ކުރައްވާ ގިނަ ބޭފުޅުން މަސައްކަތް ކުރަމުންދަނީ އާއިލާއާއި ދުރުގައެވެ.