ޚަބަރު

ކަނޑަށް ދޫވި މޭވާތައް ހޮވައި، ވެރިފަރާތާ ހަވާލުކުރަންފަށައިފި


މޫސުންގޯސްވުމުގެ ސަބަބުން ވެސްޓް ޕާކް ސަރަޙައްދުގެ އެއްގަމު ތޮށްޓަށް މުޑިއަރައި ހާލާކުވި ދޯނިން ކަނޑަށް ބޭރުވި ތަކެތި، މޯލްޑިވްސް ޕޯޓްސް ލޮމިޓެޑް، އެމްޕީއެލުން ނަގައި އޭގެ ވެރިފަރާތާ ޙަވާލުކުރުމުގެ މަސައްކަތްފަށައިފިއެވެ.

ކާށިދުއިން މާލެއަށް ދަތުރުކުރި "މިނިވަން" ނަމަކަށްކިޔާ ދޯނި މާލޭ ވެސްޓްޕާކް ސަރަޙައްދު އެއްގަމު ތޮއްޓަށް މުޑިއެރީ އެދޯނީގެ އިންޖީނު ހުއްޓިފައިވަނިކޮށެވެ. އޭރު އެދޯނީގައި ހަތަރު މީހަކު ތިއްބެވެ. އަދި ގިނަ ޢަދަދެއްގެ މޭވަޔާއި ތަރުކާރީއާއި ދަނޑުވެރިކަމުގެ އުފެއްދުންތައް ހުއްޓެވެ.

މިޙާދިސާ ހިނގުމާއެކު އޭގައި ތިބި މީހުން ވަނީ ސަލާމަތުން އެއްގަމަށް އަރާފައެވެ. ނަމަވެސް ދޯނީގައި ހުރި މުދާވަނީ މޫދަށް ދޫވެފައެވެ. އެތަކެތި ލައްގަމުންދަނީ މާލޭ ހުޅަގުފަރާތު ފަޅުތެރެއަށެވެ. ގިނަ ތަކެތި ލައްގާފައިވަނީ ވިޔަފާރި ބަނދަރަށެވެ.

އެމްޕީއެލުން ވިދާޅުވީ، ލައްގަމުންދާ ތަކެއްޗާއި ކަނޑަށް ދޫވެފައިވާ ތަކެތި ނަގައި ވެރިފަރާތައި ހަވާލުކުރުމުގެ މަސައްކަތްކުރަމުން އަންނަކަށެވެ.

މިޙާދިސާގައި "މިނިވަން"ދޯނި ވަނީ ބޭނުންނުކުރެވޭވަރަށް ހަލާކުވެފައެވެ. މިދޯނީގައި ހުރި ގިނަ ޢަދަދެއްގެ މުދާ އެ ސަރަހައްދުން އޮޔާދާތީ އެ ސަރަޙާއްދުން ދަތުކުރާ އުޅަނދުތަކުން މިކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކުރައްވާފައެވެ.

މިދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށްވާތީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކުރައްވާފައެވެ. މޫސުން ގޯސްވުމާ ގުޅިގެން ކަނޑުމަތީގެ އެކިހާދިސާތަައް ހިނގަމުންދާ ކަމުގެ މަޢުލޫމާތު ކޯސްޓްގާޑަށް ލިބެމުންދާކަމަށާއި، އެހެންކަމުން ކަނޑުދަތުރު ކުރާ އުޅަނދުތަކުގެ އޮޑިވެރިނާއި، ކެޕްޓަނުން، ދަތުރަށް ފެށުމުގެ ކުރިން މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމަތު ސާފުކުރުމަށްވެސް އެމްއެންޑީއެފުން ވަނީ އިލްތިމާސްކުރައްވާފައެވެ.