ބެޑްމިންޓަން

އަޖުފާނަށް ލޯ މެޑަލް ލިބިއްޖެ


ބެޑްމިންޓަން
ސިންގަލްސް ބައިން ރާއްޖޭގެ އަޖުފާންއަށް ލޯ މެޑަލް ލިބިއްޖެއެވެ. ރާއްޖޭގެ އަޖުފާންއަށް ލޯމެޑަލް ލިބުނީ މިހާރު ކުރިއަށްދާ
އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ބެޑްމިންޓަން ސިންގަލްގައި މިއަދު ކުޅުނު
ސެމީ ފައިނަލް މެޗުން ބަލިވުމާ ގުޅިގެންނެވެ. ބެޑްމިންޓަންގައި ތިންވަނަ ހޮވާ މެޗް ކުޅުމުގެ ބަދަލްގައި
ސެމީއިން ބަލިވާ ދެ ކުޅުންތެރިންނަށް ލޯ މެޑަލްއެއް ލިބެއެވެ. އަޖުފާން
ރަޝީދު ސެމީގައި ބަލިވެފައިވަނީ މުބާރާތް ބާއްވާ ގައުމް ކަމުގައިވާ ރިޔޫނިއަންގެ
ކުޅުންތެރިޔާއާ ވާދަކޮށް 2 ސެޓް 1 ސެޓުންނެވެ. މެޗްގެ ފުރަތަމަ ސެޓް ގެންދިޔައީ
އަޖުފާންއެވެ. އަޖުފާން މިސެޓް ގެންދިޔައީ އެކާވީސް ނަވާރައިންނެވެ. މެޗްގެ ފުރަތަމަ ސެޓް
އަޖުފާން ގެންދިޔަ ނަމަވެސް މެޗްގެ ފަހު ދެ ސެޓް ގެންދިޔައީ ރީޔޫނިއަންގެ
ކުޅުންތެރިޔާއެވެ. ދެވަނަ ސެޓާ ތިންވަނަ ސެޓް ރީޔޫނިއަންގެ ކުޅުންތެރިޔާ ގެންދިޔައީ
21-14 އަދި 23-21ހުން. މިމުބާރާތުގެ ފިރިހެން ޓީމު އިވެންޓުން ރާއްޖެ ވަނީ ރިހި މެޑަލް ހޯދައިފައެވެ.
އަދި އަންހެން ޓީމު ވަނީ ލޯ މެޑަލް ހޯދައިފައެވެ.