ޚަބަރު

ކޯވިޑް-19 : ސާމްޕަލް ޓެސްޓްކުރުމުގައި ފުލުހުންގެ ފޮރެންސިކް ޓީމުގެ 12 އެނަލިސްޓަކު


ފުލުހުންގެ ފޮރެންސިކް ޑިޕާޓްމަންޓުގައި މަސައްކަތްކުރާ ޓީމެއް ކޯވިޑް-19އަށް ޓެސްކުރުމުގެ މަސައްކަތުގައި ހަރަކާތަތްރެިވާތީ އެ ފުލުހުންގެ މަސައްކަތަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ހިތްވަރުދެއްވައިފިއެވެ. ކޮމިޝަނަރ އޮފް ޕޮލިސް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފުލުހުންގެ 12 ފޮރެންސިކް އެނަލިސްޓަކު ކޯވިޑް-19އަށް ސާމްޕަލް ޓެސްކުރުމުގައި މަސައްކަތްކުރަމުންދާކަމަށެވެ.

އަދި ފޮރެންސިކްގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށްޓަކައި އޭޑީކޭ ހޮސްޕިޓަލުގެ 4 ލެބް ޓެކްނީޝަނުން ތަމްރީން ކުރަމުންދާކަމަށްވެސް ސީޕީ ހަމީދު ވިދާޅުވިއެވެ. ފުލުހުންގެ އެ ޓީމާމެދު ފަޚްރުވެރިވެވަޑައިގަންނަވާކަމަށްވެސް ޙަމީދު ވިދާޅުވެފައިވެއެވެ.

ކޯވިޑް-19ގެ މި ޙަލަތުގައި އެންމެ އިސްސަފުގައި ފުލުހުން އަންނަނީ މަސައްކަތްކުރަމުންނެވެ. ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު އިއްޔެ ކުރެއްވި ޓްވީޓެއގްައި ވިދަޅުވެފައިވަނީ، ފުލުހުންގެ ތެރެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި 23 މީހުންކަމަށާ އެއެންމެންގެ ޙާލުވެސް ރަނގަޅުކަމަށެވެ.

ސީޕީ ވިދާޅުވީ ޕޮޒިޓިވް ކޭސްތަކާގުޅިގެން ފުލުހުންނާއި ސިވިލް މުވައްޒަފުންގެ ތެރެއިން 293 މީހުން އައިސޮލޭޓްކުރެވިފައިވާކަމަށެވެ.

އަދި ފުލުހުންގެ މުއައްސަސާތެރޭގައި ކޯވިޑް-19 އިތުރަށް ނުފެތުރޭނެފަދަ ގޮތަކަށް ރައްކާތެރިކަމުގެ މުހިއްމުފިޔަވަޅުތައް އަޅުއްވަމުންގެންދަވާކަމަށާއި، މިހާލަތުގައި ފުލުހުންގެ މުއައްސަގެ އޮފިސަރުން ނާއި މުވައްޒަފުންކުރާ ބުރަމަސައްކަތް ސީޕީ ވަނީ ފާހަގަކުރައްވާފައެވެ.

ފުލުހުންގެ ތެރެއިން 23 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެފައިވާއިރު، މިހާލަތުގައި ރައްޔިތުންނަށް ޚިދުމަތްދިނުމުގައި ކުރީ ސަފުގައި ހަރަކާތްތެރިވާ ސަލާމަތީ ބާރުތަކުގެ އޮފިސަރުންގެ އިތުރުން އިތު ޚިދުމަތްތެރިން ހިމެނޭހެން ޖުމްލަ 199 މީހުން މި ބައްޔަށް ޕޮޒިޓިވްވެފައިވާކަމަށް އެންއީއޯސީން ވަނީ ހާމަކުރައްވާފާއެވެ.