ޚަބަރު

ކޯވިޑް-19 : ރާއްޖެއިން ރަނގަޅުވި މީހުންގެ ޢަދަދު 154 އަށް


ރާއްޖެއިން އިތުރު 10 މީހުން ރަނގަޅުވެ މިހާތަނަށް މިބަލިން ޝިފާ ލިބުނު މީހުންގެ އަދަދު 154 އިތުރުވެއްޖެއެވެ.

ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވެފައިވަނީ ދިވެހިންނަށްވުރެ ގިނައިން ބިދޭސީންނެވެ. ނަމަވެސް މި ބަލިން ގިނައިން ރަނގަޅުވެފައިވަނީ ދިވެހިންނެވެ. އެގޮތުން މިހާތަނަށް ރަނގަޅުވި 154 މީހުންގެ ތެރެއިން 100 އަށްވުރެ ގިނަ މީހުން ނަކީ ދިވެހިންނެވެ.

މިހާތަނަށް 1395 މީހުން ރާއްޖެއިން ޕޮޒިޓިވްވެފައިވާއިރު، މިހަފްތާގައި ބަލިން ރަނގަޅުވާ މީހުންގެ އަދަދު އިތުރުކަން ފާހަގަކުރެވެއެވެ.

ރާއްޖޭގައި ބަލިން ރަނގަޅުވާ މުއްދަތު ނިސްބަތުން ދިގުކަމަށް ޑޮކްޓަރުންވަނީ ވިދާޅުވެފައެވެ. ކޯވިޑް-19އިން ރަނގަޅުވިކަމަށް ޑޮކްޓަރުން ނިންމަނީ ޢަލާމާތްތައް ރަނގަޅުވެ ދެފަހަރަށް ޓެސްޓްކޮށް ނަތީޖާ ނެގެޓިވްވުމުންނެވެ.