ޚަބަރު

ކޯވިޑް-19 : އިތުރު 19 މީހަކު ޕޮޒިޓިވްވެއްޖެ


ރާއްޖެއިން އިތުރު 19 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. މިއަދު ޕޮޒިޓިވްވެފައިވަނީ ދިވެހިންގެ 4 މީހަކާއިި، ބަންގްލަދޭޝްގެ 13 މީހުންނާއި އިންޑިއާ މީހެއްގެ އިތުރުން ނޭޕާލް މީހެކެވެ. މިއާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޢަދަދުވަނީ 1457އަށް އިތުރުވެފައެވެ.

މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ގިނައީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނެވެ. އެއީ 946 ބިދޭސީންނެވެ. ބައްޔަށް ޕޮޒިޓިވްވި ދިވެހިންގެ ޢަދަދަކީ 511އެވެ. ރާއްޖެއިން މިބަލީގައި މިހާތަނަށް ޝިފާލިބި ރަނގަޅުވެފައިވަނީ 232 މީހުންނެވެ. އަދި މަރުވެފައިވަނީ 5 މީހުންނެވެ. މީގެތެރޭގައި ހިމެނެނީ 3 ދިވެހިންނާއި ބިދޭސީންނެވެ.