ޚަބަރު

ޗެކުން ފައިސާ ދައްކާ ފަރާތްތަކަށް ބޭންކް ޓްރާންސްފަރ މެދުވެރިކޮށް ފައިސާ ދެއްކޭނެ- އެމްޑަބްލިޔުއެސްސީ


އެމްޑަބްލިޔުއެސްސީގެ ޚިދުމަތްތަކަށް ޗެކް މެދުވެރިކޮށް ފައިސާ ދައްކަމުންދާ ފަރާތްތަކަށް، ބެންކް ޓްރާންސްފާ މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމް އެކުންފުނިން ހަމަޖައްސައިފިއެވެ.

ކޯވިޑް 19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން، އެމް.ޑަބްލިޔު.އެސް.ސީން ފޯރުކޮށްދޭ ޚިދުމަތްތަކަށް ޗެކް މެދުވެރިކޮށް ފައިސާ ދައްކަމުން ދާ ވިޔަފާރިތަކާއި، މުއައްސަސާތަކާއި، ޑޮމެސްޓިކް ކެޓެގަރީގެ ކަސްޓަމަރުންނަށް MVR 7701-101705-001 އަދި USD 7701-101705-002 މިއެކައުންޓްތަކަށް ފައިސާ ޓްރާންސްފަރ ކުރެވޭނެ ކަމަށް އެމްޑަބްލިޔުއެސްސީންވަނީ ހާމަކޮށްފައެވެ. އަދި ފައިސާ ޓްރާންސްފަރ ކުރުމަށްފަހު https://banktransfers.mwsc.com.my މިލިންކްގައިވާ މަޢުލޫމާތު ފުރިހަމަ ކުރުމަށް އެމްޑަބްލިޔުއެސްސީންވަނީ އެދިފައެވެ. އަދި ބަޔާންކޮށްފައިވާ ހަމަތަކާ އެއްގޮތަށް ފުރިހަމަ މައުލޫމާތު ފުރާފައި ނުވާނަމަ އެފަރާތެއްގެ އެކައުންޓް އަޕްޑޭޓްވުމުގައި ލަސްތަކެއް ދިމާވެދާނެ ކަމަށްވެސް އެކުންފުނިން ހާމަކުރެއެވެ.

ބޭންކް ޓްރާންސްފާގެ ޚިދުމަތާއި ބެހޭގޮތުން އިތުރު މަޢުލޫމާތު ކުންފުނީގެ ކަސްޓަމަރ ކެއަރ ސެންޓަރުގެ ހޮޓްލައިން 105 އަށް ގުޅައިގެންނާއި، 1050 އަށް އެސް.އެމް.އެސްއެއް ފޮނުއްވައިގެން ނުވަތަ [email protected] އަށް މެއިލްކޮށްގެންވެސް ލިބޭނެ އިންތިޒާމްވަނީ ހަމަޖައްސާފައެވެ.