ޚަބަރު

ކޯވިޑް-19 : ބަލިން ރަނގަޅުވި މީހުންގެ ޢަދަދު 453 އަށް


ރާއްޖޭއިން އިތުރު 47 މީހަކު ބަލިން ރަނގަޅުވެ މިހާތަނަށް ކޯވިޑް-19 ޖެހިގެން ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިން، ބަލިން ރަނގަޅުވި މީހުންގެ ޢަދަދު 453 އަށް އިތުރުވެއްޖެއެވެ.

ކޯވިޑް-19އަށް މިހާތަނަށް އެންމެ ގިނައިން ޕޮޒިޓިވްވީ ބިދޭސީން ނަމަވެސް ބަލިން ރަނގަޅުވެފައިވާ ގިނަ މީހުންނަކީ ދިވެހިންނެވެ. ބަލިން ރަނގަޅުވިކަމަށް ޑޮކްޓަރުން ނިންމަނީ ބަލިމީހާގެ އަލާމާތެއް ނުފެނި އޭނާގެ ގައިން ނަގާ ސާމްޕަލް ޑަބަލް ނުވަތަ ދެވަނަ ފަހަރަށް ނެގެޓިވްވުމުންނެވެ.
ރާއްޖޭގައި ބަލިން ރަނގަޅުވާން ހޭދަވާ މުއްދަތު ލަސްކަން ޑޮކްޓަރުން ފާހަގަކުރައްވައެވެ. ނަމަވެސް ފަހަކަށް އައިސް ބަލިން ރަނގަޅުވާ މީހުންގެ ޢަދަދު މިހާރު ވަނީ އިތުރުވާން ފަށާފައެވެ. މި ބަލީގައި ރާއްޖެއިން މީހުން ރަނގަޅުވާ ނިސްބަތް ހުރީ 27.09 އިންސައިތަގައެވެ.

ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ އަދަދު މިހާރު މިވަނީ 1773 އަރާފައެވެ. އަދި މި ބަލީގައި 5 މީހަކު ވަނީ މަރުވެފައެވެ.