ޚަބަރު

ކ.އަތޮޅާއި ތ.އަތޮޅާ ދެމެދަށް ވައިޓް އެލާޓް ނެރެފި


މޫސުން ގޯސްވެ ކ.އަތޮޅުން ފެށިގެން ތ.އަތޮޅާ ހަމައަށް ވައިޓް އެލަރޓް ނެރެފިއެވެ.

ވިއްސާރައާ ގުޅިގެން ކ.އަތޮޅުން ފެށިގެން ތ.އަތޮޅާ ދެމެދު ވައިޓް އެލާޓް ނެރެފައިވަނީ މިރޭ 22:00އިން މެންދަމު 03:00އާ ހަމައަށެވެ. މި ވަގުތުތަކުގައި ކޮޅިގަނޑުގައި 45 މޭލަށް ވައި ބާރުވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވެއެވެ. އަދި ބޯކޮށް ވާރޭވެހި ގުރުމުމަކީވެސް އެކަށީގެންވާކަމެއްކަމަށް އެއިދާރާއިން ލަފާކުރައްވައެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސަރައަކީ ކޮންމެ އަހަރެއްގެވެސް ހުޅަނގުމޫސުމުގައި ކުރަމުންދާ ވިއްސާރައެކެވެ. މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުންވެސް މިދުވަސްވަރު ޚާއްސަ ސަމާލުކަން ދެއްވުމަށް މެޓް އޮފީހުންވަނީ އެދިވަޑައިގެންފައެވެ.